ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ތޮއްޖެހުން ކުޑަ ކުރުމަށް އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހައްޖުވެރިން އެނބުރި ރާއްޖެ އަންނަ ދުވަސްތަކުގައި އެއާޕޯޓުގައި ތޮއްޖެހުން ބޮޑުވާނެކަމަށް ބެލެވޭ ކަމަށެވެ. މާދަމާ، މި މަހުގެ 10 އަދި 14 ގައި ކޮންމެ ދުވަހަކު މެންދުރުފަހު ވެސް މެންދުރުފަހު 1:50 ގައި ގިނަ އަދަދެއްގެ ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޮމާންކަމާއެކު ޓްރެފިކް ފޮލޯ ކުރިއަށްދާނެކަން ކަށަވަރުކުރުމަށްޓަކައި އިތުރު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށާއި އެއާޕޯޓުން ހިދުމަތް ހޯދާ އެންމެހައި ފަރާތްތައް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ ގޮވާލާފައެވެ.

ހައްޖުވެރިން އަންނަން ހަމަޖެހިފައިވާ ދުވަސްތައް:

  • އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް – މާދަމާ
  • މޯލްޑިވްސް ހައްޖުކޯޕަރޭޝަން ލިމިޓެޑް – މާދަމާ
  • މޯލްޑިވްސް ހައްޖުކޯޕަރޭޝަން ލިމިޓެޑް – އަންނަ ހޯމަ ދުވަސް
  • ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް – އަންނަ އަންގާރަ ދުވަސް
  • އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – އަންނަ އަންގާރަ ދުވަސް
  • އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – އަންނަ ބުދަ ދުވަސް
  • މޯލްޑިވްސް ހައްޖުކޯޕަރޭޝަން ލިމިޓެޑް – އަންނަ ހުކުރު ދުވަސް

ރާއްޖެއިން މީހުން ހައްޖަށް މީހުން ގެންދިއުމަށް މި އަހަރު އަލްހަރަމައިން ހައްޖު އެންޑް އުމްރާ އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އަށް ހުއްދަ ދީފައިވާއިރު ބައެއް ގުރޫޕުތަކުން އިތުރަށް ފައިސާ ނެގި ކަމުގެ ޝަކުވާ ބައެއް މީހުން ވަނީ ކޮށްފައެވެ.