ގެއަކުން 4 ދަގަނޑު ހޮޅި ވަގަށް ނެގި 2 މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

4 ދަގަނޑު ހޮޅި ހިފައިގެން 2 މީހަކު ގެއަކުން ނުކުންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްއެއް އާންމުކޮށް ފުލުހުން ބުނީ އެ 2 މީހުންނަކީ މާފަންނުގައި ހުރި ގެއަކުން 4 ދަގަނޑު ހޮޅި ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހޯދަމުންދާ ބައެއް ކަމަށެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަން ނަންބަރު 9660183 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މައުލޫމާތު ހިއްސާ ކުރާ ފަރާތުގެ އެއްވެސް މައުލޫމާތެއް ފުލުހުން އިތުރު ފަރާތަކަށް ނުދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދެއެވެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ