ދެކުނު އިންޑިއާ ކަނޑަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓު) އޮފީހުން ބުނެފިއެވެ.

މެޓު އޮފީހުން ބުނީ މިއަދު 12:29 ދެކުނު އިންޑިއާ ކަނޑަށް ބިންހެލުން އައިސްފައި ވަނީ 6.0 މެގްނެޓިއުޑްގައި ކަމަށެވެ. އެ ބިންހެލުން އައިސްފައި ވަނީ މާލެއާ 1،748 ކިލޯ މީޓަރު ދުރު ސަރަހައްދަކަށް ކަމަށް މެޓު އޮފީހުން ބުނެއެވެ.

އިންޑިއާ ކަނޑަށް އައި އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓު އޮފީހުން ބުނެއެވެެ.

ރާއްޖެއަށް އެ ބިންހެލުމުގެ އަސަރު ނުކުރި ނަމަވެސް އެ ބިންހެލުމުގެ ލޮޅުން ސްރީލަންކާއަށް އިހްސާސް ކުރެވުނު ކަމަށް އެގައުމުގެ ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓާ ފޯ ސެއިސްމޮލޮޖީން ބުނީ އެ ބިންހެލުން އައިސްފައި ވަނީ 5.8 މެގްނެޓިއުޑްގައި ކަމަށެވެ. އަދި އެއީ 10 ކިލޯ މީޓަރު ދުރަށް ކަމަށެވެ.