މާލޭ މީހުންނަށް ހުޅުމާލެ އާއި މާލޭ ސަރަހައްދުން ހިލޭ ގޯތި ދޭން ސަރުކާރުން ނިންމުމާ ގުޅިގެން ހުރިހާ ސޯޝަލް ހައުސިންތަކެއްގެ ކުލި ދެއްކުން ހުއްޓާލުމުގެ މަޝްވަރާތައް ފަށައިފިއެވެ.
މި ކަމުގައި އިސްކޮށް ހަރަކާތްތެރިވާ ދަ ކޮމަނާސް (ކޮތަރު ކޮށި) ޖަމިއްޔާ އިން ބުނީ ގޯތި މައްސަލަ އާ ގުޅިގެން ހިޔާ ފްލެޓުވެރިންނާއެކު ބާއްވާ ފުރަތަމަ ސައްލާ ބައްދަލުވުން އެޗް-4 ގެ ފަރާތްތަކާއެކު ބާއްވާފައި ވާކަމަށެވެ. ދަ ކޮމަނާސް އިން ބުނީ ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލުމާ ގުޅޭ ގޮތުން އެޖަމިއްޔާގެ ނިންމުން ހުރިހާ ފަރާތްތަކަކާ އެކު މަޝްވަރާ ކުރުމަ ށްފަހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
ކޮތަރު ކޮށި ޖަމިއްޔާއިން ފްލެޓްގެ ކުލި ދެއްކުން ހުއްޓާލުމުގެ މަޝްވަރާތައް ފަށާފައި ވަނީ މާލެއިން ގޯތި ހައްގުވާ ފަރާތްތަކަށް ސަރުކާރުން 12،000 އަށްވުރެ ގިނަ ގޯތި ހިލޭ ދޭން ނިންމައި އެކަން ގެޒެޓު ކުރުމާ ގުޅިގެންނެވެ.
އާއްމުންގެ އެކުވެރި ގުޅުން ޖަމްއިއްޔާގެ ރައީސް މިދުއަމް ސައުދު ކުރި ޕޯސްޓެއްގައި ވަނީ މިއަދު ހިލޭ ބަހާލާ ކޮންމެ ބިމަކީ މާދަމާ ކުލީގެ އަޅުވެތިކަމުގެ ދަންތުރައެއް ކަމަށެވެ. އަދި އޭގެ ފައިދާ ލިބެނީ ރިއަލްއެސްޓޭޓު ވިޔަފާރި ކުރާ މަހުޖަނުންނަށް އެކަނިކަމަށް އޭނާގެ ޕޯސްޓުގައި ވަނީ ބުނެފައެވެ. "ބިމަކީ އަހަރުމެންގެ އެކަނި ތަނެއް ނޫން. އަންނަން އޮތް ޖީލުތަކުގެވެސް ހައްގެއް! މިއަދު ހިލޭ ބަހާލާ ކޮންމެ ބިމަކީ މާދަމާ ކުލީގެ އަޅުވެތިކަމުގެ ދަންތުރައެއް! އޭގެ ފައިދާ ލިބޭނީ ރިއަލްއެސްޓޭޓު ވިޔަފާރި ކުރާ މަހުޖަނުންނަށް އެކަނި! މީ ކޮށްފިނަމަ އިޔާދަ ނުކުރެވޭނެ ކަމެއް!" މިދުއަމްގެ ޕޯސްޓްގައި ބުނެފައި ވެއެވެ.
މިދުއަމްގެ އިތުރުން މާލެއިން ހިލޭ ގޯތި ބަހަން ނިންމުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއްކަމުގައި ގިނަ ބަޔަކު ބުނަމުން އަންނައިރު ބައެއް މީހުންނަށް ހިލޭ ބިން ދިނުމަކީ އިންސާފެއް ނޫންކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އަޖާއިބް. ފްލެޓް ހަދަން ދިޔަލާރި އޯ؟ މަށައްލިބުން ބިމުގަ އިމާރާތް މަ ހަދަނީ ކަލޭމެންދޭ ލާރިންތަ، ކުލި ދައްކަންބޭނުން ނެތީޔާ ނުދައްކާ ކޮންމެހެން ހިލޭބިންދިނޭ ކިޔާފަ ނުދައްކާނެކަމެއްނެތް ފަތަފޮޅިތައް.
ހިޔާ ފްލެޓް ލިބުން ރަށްރަށުގެ މީހުން ތެރެއިން ރަށުގައި ގޯތި ހުންނަ މީހުންގެ ގޯތި ސަރުކާރުން ނަގަން ޖެހޭކަމަށް ގަބޫލް ކުރަން ތޯ؟
ޙަސަދަވެރިން