ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގައި ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ އިސްލާހުކުރުމުގެ ބިލުތައް މަޖިލީހަށް ހުށަހެޅުން ލަސްވެ، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވާއިރު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ މިއީ 2019 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށާ އިއްޔެ މަޖިލީހަށް ހުށަހެޅުނު ދެ ބިލާއެކު އެ މަސައްކަތް ފުރިހަމަވީ ކަމަށެވެ.
ޖޭއެސްސީ އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލާ ގުޅިގެން ޖަމީލް ވިދާޅުވީ ކެބިނެޓްގައި އިންނަވާ އެޓާނީ ޖެނެރަލް އާއި މަޖިލިސް މެންބަރުން ތިބޭ ތަނެއް [ޖޭއެސްސީ] މިނިވަން ނުވާނެ ކަމަށެވެ. އަދި ސަރުކާރުން އުޅެނީ އޮޅުވާލަން ކަމަށާ، މަޖިލީހަށް ފޮނުވި ބިލުން ޖުޑިޝަރީ މިނިވަން ކުރުމުގެ ނިޔަތެއް ނެތް ކަމަށެވެ. "ތިމާމެންނަށް ހެޔޮވަރަށް ސޫޓް ފަހަން އުޅެނީ އަބަދު މަގާމުގައި ތިބޭނެކަމަށް ދެކިގެންބާ؟ ނަމަކަށް ކަމެއް ކޮއްލީ!" ޖަމީލް ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް ޖުޑިޝަރީ އަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު އޮންނަ، ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ ޖުޑިޝަރީ އާއި ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެހެންކަމުން މި ފަހަރު ގެންނަ އިސްލާހުގައި ސިޔާސީ ބޭފުޅުން ޖޭއެސްސީގައި ނުހިމެނޭ ގޮތަށް ހެދުމަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
މި ފަހަރު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާ މައިގަނޑު ބަދަލުގައި މެންބަރުންގެ އަދަދު 7 ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ޖޭއެސްސީ ގެ މެންބަރުން ގޮތުގައި ނުހިމެނޭ ގޮތަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ.
ޖޭއެސްސީގެ އެކުލެވުން ބަޔާން ކޮށްފައި ވަނީ ގާނޫނު އަސާސީގައި ކަމުން، އެ އެކުލެވުން ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހެއެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނެވެނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ (66 މެންބަރުންގެ) މެޖޯރިޓީންނެވެ.
ކުރީސަރުކާރުން ޖަމީލުމެން އެކަންނުކުރީ ކީއްވެތޯއެވެ