ޔުގެންޑާގެ ސެގަންޑަރީ ސްކޫލަކަށް ހަރިޔާރު އެޅި ބަޔަކު ހަމަލާ ދީ 41 ދަރިވަރަކު މަރާލައި އެގެ ތެރެއިން 38 ދަރިވަރަކު އަންދާލާފައި ވާކަމަށް އޮފިޝަލުން ބުނެފިއެވެ.

މަލާރި ގިނަ ކުދިންގެ ގަޔަށް ބަޑި ޖަހާފައި ވާ އިރު، ބައެއް ކުދިން ކަތިލާފައި ވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ. އަދި ހަތިޔާރު އެޅި މީހުން ފިލައިގެން ދަމުން 6 މީހަކު ވަގަށް ނަގާފައި ވާ ކަމަށް ވެސް ބުނެއެވެ.

އިދާރާތަކުން ބުނެފައި ވަނީ އެއީ އައިސިލް [އައިސިސް] އާ ގުޅުން އޮތް އެލައިޑް ޑިމޮކްރެޓިކްޓިކް ފޯސަސް (އޭޑީއެފް) އިން ކުރި ކަމެއް ކަމަށާއި އެމީހުން ކޮންގޯގެ ބޯޑަރުގެ ޓައުނެއް ކަމަށް ވާ އެމްޕޯންވޭ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ހަމަލާ ދޭތާ އަހަރެއްހާ ދުވަސް ވެފައި ވާ ކަމަށެވެ.

މިއީ 2010 ގައި ޔުގެންޑާގެ ކަމްޕާލާގައި ދިން 2 ބޮމުގެ ހަމަލާގައި 76 މީހަކު މަރަލީ ފަހުން ހިންގި ނުރައްކާ ގަތުލުއާންމު ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އެމްޕޯންވޭ އަށް ކަނޑައަޅުއްވާފައި ހުންނަވާ މޭޔަރު ސެލެވެސްތް މަޕޯޒޭ ވިދާޅުވީ، ހަތިޔާރު އެޅި މީހުން ދަރިވަރުންގެ ގަޔަށް ބަޑިޖެހުމަށް ފަހު ރޯކޮށް އަންދާލާފައި ވާ ކަމަށެވެ.

"އެމީހުން ހުރީ ކުޑަދޮރުތަކުގެ ތެރެއިން ބަޑިޖަހާފައި، ދެން ޖެހީ ހުޅު، އެއަށް ފަހު އަންހެން ކުދިން ތިބޭ ޑޯމިޓަރީ [ކުދިން ނިދާ ހަދަން ހުންނަ ހޯލެއް ފަދަ ތަނެއް] ގޮސް ހަމަލާ ދިނީ"
މޭޔަރު

ޔޫގެންޑާގެ ޕީޕަލްސް ޑިފެންސް ފޯސަސް (ޔޫޕީޑިއެފް) ގެ ތަރުޖަމާން ވިދާޅުވީ، އެމީހުން ރަހީނު ކޮށްގެން ގެންދިޔަ 6 މީހުން ގެންދިޔައީ ބޯޑަރު ސަރަހައްދުގައި ދުރަށް ފެތުރިފައި އޮންނަ ވިރުންގާ ނެޝަނަލް ޕާކާ ދިމާއަށް ކަމަށެވެ.

މިހަމަލާ ދިން ސަބަބު އަދި ސާފުނުވާ އިރު، ރަހީނު ކޮށްގެން ގެންދިޔަ މީހުން ސަލާމަތް ކުރެވޭތޯ ޔޫޕީޑީއެފް އިން ވަނީ މަސައްކަތް ފަށާފައެވެ.