މއ. ގުލާބީގޭގައި ގޭސް ފުޅިއެއް ގޮވައި ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ދަނީ ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެގޭގެ 5 ވަނަ ފަންގިފިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އުޅޭ ކަމަުގެ މައުލޫމާތު މިއަދު މެންދުރުފަހު 2:45 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެއާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އެ ގެއަށް ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ މި ހާދިސާއާ ގުޅިގެން ނޭވާ ލާން އުނދަގޫވެގެން 35 އަހަރުގެ އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި ހާދިސާގައި އުނދުން ހަލާކުވެފައިވާ ކަމަށާއި ގޭގައި އަލިފާން ހިފާފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގޭސް ފުޅި ގޮވުން ފަދަ މިފަދަ ހާދިސާތައް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވާއިރު މިފަދަ ހާދިސާތަކުގައި ގެދޮރަށާއި މުދަލަށް ގެެއްލުންވެފައިވާއިރު ގިނަ އަދަދެއްގެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.