ބީއެމްއެލް އިސްލާމިކް ފައިނޭންސިން އަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް 50،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވް ކޮށްފައިވާ ފައިނޭންސިން އެޕްލިކޭޝަން ތައް ޕްރޮމޯޝަނަށް ޝަރުތު ހަމަވާނެ ކަމަށެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކު އެއް ކަސްޓަމަރަކު ހޮވައި 3،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ހަމަޖެހިފަިއވާ ކަމަށާއި މި ޕްރޮމޯޝަން ނިމުމުން ގްރޭންޑް ނަސީބުވެރިއަކު ހޮވައި 50،000 ރުފިޔާގެ ގިފްޓް ކާޑެއް ދޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 22 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ހޮވޭ ފަރާތްތަކަށް ބޭންކުން ގުޅައިގެން ލަކީޑްރޯ ކާމިޔާބުވި ކަން އަންގާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ނަސީބުވެރިޔާއަށް ނުގުޅިއްޖެ ހާލަތެއްގައި އަދި ނަސީބުވެރިޔާއަށް ލިބޭ އިނާމު (ގިފްޓް ކާޑު) ނަސީބުވެރިޔާ އަށް ކިބޭ ތާރީހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނުނަގައިފި ނަމަ، ނަސީބުވެރިޔާއަށް އެ ފުރުސަތު ގެއްލެނޭ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ. އަދި އެ ހާލަތުގައި އެހެން ނަސީބުވެރިއެއް ނެގުމުގެ އިހްތިޔާރު ބޭންކަށް ލިބިގެންވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.