ޑިޒްނީ އިން ގެނެސްދޭ "ލިޓްލް މާމެއިޑް" ގެ ލައިވް އެކްޝަން ފިލްމު ރިލީޒްކުރިތާ ފުރަތަމަ ދުވަހު ވެސް 38 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިއްޖެއެވެ.

މިހާރުވެސް ތިއޭޓާ ތަކުގައި އަޅުވާފައިވާ މި ފިލްމަކީ 1989 ވަނަ އަހަރު ނުކުތް "ދަ ލިޓްލް މާމެއިޑް: ސިންގް އަލޯންގް" އަށް ބިނާކޮށް އުފައްދާފައިވާ ލައިވް އެކްޝަން ފިލްމެކެވެ. ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި ވަނީ 211.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް ހަފްތާގައި މި ފިލްމު އަޅުވައިގެން ފިލްމު އުފައްދަން ހޭދަކުރި ބަޖެޓު ފަހަނައަޅައި ފިލްމަށް ފައިދާ ލިބެން ފަށާނެއެވެ.

މި ފިލްމަކީ މިއުޒިކަލް ފެންޓަސީއެކެވެ. ފިލްމުގައި "އޭރިއަލް"ގެ ރޯލުން ފެންނާނީ "ކްލޮއީ އެކްސް ހެލީ" ގްރޫޕްގެ ލަވަކިިޔުންތެރިޔާ ހެލީ ބެއިލީ އެވެ. އަދި އެ ކާޓޫންގެ ވިލަން "އުރްސެލާ"ގެ ރޯލުން ފެންނާނީ މެލިސާ މެކާތީއެވެ. ހަމައެއާއެކު ޕްރިންސް އެރިކްގެ ރޯލު ކުޅޭނީ ޖޮނާ ހައުއާ ކިންގް އެވެ. 1989 ވަނަ އަހަރު ނުކުތް "ދަ ލިޓްލް މާމެއިޑް: ސިންގް އަލޯންގް" އަކީ 90 ދިހައިގެ ޖެނެރޭޝަންގެ ކުދިންނަށް އެންމެ މަގްބޫލު އެއް ޑިޒްނީ ޕްރިންސަސް ކާޓޫނެވެ. "ލިޓްލް މާމެއިޑް" އިން ފެނިގެންދާނެ ބައެއް ތަރިންގެ ތެރޭގައި ޖޮނާ ހެޔާ ކިންގް، ޖޭވިއާ ބާޑެމް، އޯކަފީނާ، ނޯމާ ޑުމޭޒްވެނީ، އާޓް މަލިކް އަދި ލޮރެންޒާ އެންޑްރިއާ ހިމެނެ އެވެ.

މި ފިލްމުގައި ވަކީ ކާޓޫން އިން ފެނިގެންދިޔަ ހުރިހާ ލަވައެއް ރީކްރިއޭޓްވެސްކޮށްފައެވެ. އާންމުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ މި ފިލްމާއި ގުޅޭގޮތުން ކްރިޓީކުން ދީފައިވަނީ މަސްހުނި ހިޔާލުތަކެކެވެ. މި ފިލްމަކީ ރޮބް މާޝަލް ގެ ޑައިރެކްޝަނުގެ ދަށުން އުފައްދާފައިވާ މިއުޒިކަލް ލައިވް އެކްޝަން ފިލްމެކެވެ.