އޭސިއާނާ އެއާލައިންގައި ބޭނުން ކުރާ އެއާބަސް 321 މަރުކާގެ ބޯޓެއް ހައްސަން 2-3 މިނެޓަށް ވެފައި ވަނިކޮށް ބޯޓުގެ އިމަޖެންސީ ދޮރު ހުުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އާންމުވެފައި ވާ ވީޑިއޯ އިން ފެންނަނީ، ދޮރު ހުޅުވާފައި ހުރުމުން ބާރު ވައި ބޯޓުގެތެރެއަށް ވަދެގެން ދާއިރު ފަސެންޖަރުން ބިރުން ގޮނޑިތަކުގައި ބާރަށް ހިފަހައްޓައިގެން ތިބޭ މަންޒަރެވެ.

ޖުމްލަ 200 މީހުން ތިބި ބޯޓުގައި ފަސެންޖަރުންގެ ގޮތުގައި 194 މީހަކު ތިބި ކަމަށް ހަބަރުތައް ބުނެއެވެ.

ބޯޓުގެ އިމަޖެންސީ ދޮރު ހުޅުވި އިރު ބޯޓު އޮތީ ބިމާ 700 ފޫޓު މަތީގައި ކަމަށާއި އޭރު އެއާޕޯޓާ ހުރި ދުރުމިނަކީ 240 ކިލޯމީޓަރު ކަމަށެވެ.

ދެކުނު ކޮރެއާގެ ދެކުނު ބިތުގެ ރަށެއް ކަމަށް ވާ ޖެޖޫ އައިލޭންޑުން ދައުގޫ އަށް ދަތުރު ކުރި އެ ބޯޓުގެ އިމަޖެންސީ ދޮރު ހުޅުވީ، އެ ދޮރާ ކައިރީގައި އިން ފަސެންޖަރެއް ކަމަށާއި، ބޯޓު ޖެއްސުމާއެކު އޭނާ ހައްޔަރު ކޮށްފައި ވާ ކަމަށް އޮފިޝަލުން ބުނެއެވެ.

މިހާދިސާގައި ރައްކާތެރިކަމާއެކު ބޯޓު ޖައްސާފައި ވީ ނަމަވެސް ނޭވާލުމުގެ އުނދަގޫތައް ދިމާވެގެން 12 މީހަކަށް ކުދިކުދި ޒަހަމްތައް ލިބިފައި ވާ ކަމަށާއި އޭގެ ތެރެއިން 9 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައި ވާ ކަަމަށެވެ.