އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މައި އެއާޕޯޓު, އިންދިރާގާނދީ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލެއްގެ ފުރާޅު ވެއްޓި އެކަކު މަރުވެ 8 މީހަކު ޒަހަމްވެއްޖެއެވެ.

ބޯ ވިއްސާރަގައި ހިނގި މިހާދިސާގައި ޓާމިނަލް އެގެއްގެ ފުރާޅު ވެއްޓުނު އިރު ކާރުތަކާއި ބައެއް ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންވެފައެވެ. މިހާދިސާ އާއެކު އެ ޓާމިނަލުން ފުރަން އޮތް ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓްތައް ޑިލޭވެގެން ދިޔައެވެ.

އާންމުކޮށް އަގުހެޔޮ ފްލައިޓްތައް ކަމަށް ވާ އިންޑިގޯ, ސަޕައިސްޖެޓް ފަދަ ފްލަޓްތަކުން ބޭނުން ކުރާ މި ޓާމިނަލްގެ ފުރާޅު ވެއްޓުނު އިތު ޓާމިނަލެއްގެ ދަގަނޑު ތަނބެއް ޓެކްސީއެއްގެ މައްޗަށް ވެއްޓި އެ ކާރު ވަނީ ފިތިފައެވެ.

ހާދިސާގައި ވެއްޓުނު ފުރާޅަކީ ޓާމިނަލްގެ ޑްރޮޕް އޮފް ސަރަހައްދުގެ ފުރާޅު ކަމުން ގިނަ ބަޔަކަށް އަނިޔާވާން ދިމާވިއެވެ. ފުރާޅާއެކު ސްޕޯޓް ބީމްތައް ވެއްޓި އެކި އެކި މީސްމީހުންގެ ގައިގައި ޖެހި އަނިޔާވި ކަމަށް ހަބަރުތައް ބުނެއެވެ.

އެއާޕޯޓު ސަރަހައްދަށް 145 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވެއެވެ.