ޒުވާނުންގެ މަދުގައި މަގުބޫލު ޓިކްޓިކް ގޮތަށް ޗައިނާގައި 1.2 ބިލިއަން ޔޫޒާސް އުޅޭ ޑޮއުޔިން އެޕްގައި ނުފޫޒު ގަދަ ޒުވާނަކު ލައިވްސްޓްރީމް ކުރަމުން އަލްކަހޯލް ބުއިތާ 12 ގަޑި އިރު ނުވަނީސް މަރުވެއްޖެއެވެ.
ޑެއާ ޓް ޗެލެންޖް ގޮތަށް އެކަކު އަނެކަކާ ވާދައަށް ޗެލެންޖް ކޮށް ގައްޑާކަން ދައްކަން ކުރާ ކަންކަން ގޮތަށް އަލްކަހޯލް ބުއިމުގެ ޗެލެންޖަކީ ޗައިނާގެ ޒުވާނުންގެ މެދުގައި ފުޅާވަމުން އަންނަ ޓްރެންޑެކެވެ. އެ ޗެލެންޖްގައި ބޯން ޖެހެނީވެސް ޗައިނާގެ އުފެއްދުމެއް ކަމަށް ވާ 60 ޕަސެންޓް އަލްކަހޯލް ހުންނަ ބައިޖިއޫ ސްޕިރިޓް ފުޅިއެވެ.
މަރުވި މި ޒުވާނާ މަރުވެފައި ވަނީ ވަން ޓު ވަން ޗެލެންޖެއްގެ 3 ބުރަކުން ބަލިވުމުން، ކޮންމެ ބުރެއްގައި އިތުރު ފުޅިއެއް ބޯން އެނާ އަށް ޖެއްސުމުން ދިމާވި މައްސަލަތަކުގައި ކަމަށް ބުނެއެވެ. އޭނާ ލައްވާ އެކަން ކުރުވާފައި ވަނީ ރައްޓެހިންނެވެ.
ޒުވާނުންގެ މެދުގައި މަގުބޫލު ގިނަ އެޕްތަކުގައި އެކި ފާޑުފާޑުގެ ޗެެލެންޖުތައް ހިންގަމުން ދާ އިރު ބައެއް ޗެލެންޖްތަކަކީ، ފުރާނައަށް ވެސް ނުރައްކާވެ އަދި ވަށައިގެންވާ މާހައުލުގައި އުޅޭ މީހުންނަށް ވެސް ނުރައްކާ ވާ ޒާތުގެ ޗެލެންޖްތަކެވެ.
މި މައްސަލަ ފެންމަތިވެ ގިނަ ބައެއްގެ ފާޑުކިޔުން ސޯޝަލްމީޑިއާ އަށް އަމާޒުވުމުން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ލައިވްސްޓްރީމް ކުރަމުން އަލްކަހޯލް ބޯ މައްސަލައި މީގެ ކުރިންވެސް ފިޔަވަޅު އަޅާ ކަމަށް ބުނެފައެވެ. އަދި މި މަރުވި ޒުވާނާ މީގެ ކުރިންވެސް އެގޮތަށް ލައިވްސްޓްރީމް ކުރި މައްސަލައެއްގައި އެ އެޕުން ބޭން ކުރި ކަމަށާއި ދެވަނަ ފަހަރަށް ވަދެފައި ވަނީ އެހެން ނަމެއްގައި ކަމަށް ބުނެއެވެ. މިއާއެކު އެޕްތަކުގެ ސެކިއުރިޓީ ފީޗާތަކާއި ފިލްޓާ ކުރެވޭ ގޮތްތަކާއި އުސޫލުތައް އިތުރަށް ވަރުގަދަ ކުރުމުގެ ބަހުސް މިހާރު ވަނީ ފެށިފައެވެ.
ރާއްޖޭގައި ވެސް ބައެއް ޒުވާނުން އެކި ޕްލެތްފޯމްތަކުގައި ތަފާތު ޗެލެންޖްތައް ކުރި ނަމަވެސް އެއީ ކޫލް ކަމެއް ނޫނެވެ.
ޗައިނާގައި މިހާދިސާ ހިނގި އިރު މީގެ ކުރިންވެސް ސޯޝަލްމީޑިއާ އިންފްލުއެންސަރެއް ހުންޓުމެއް ނެތި ގިނަ އިރުތަކެއް ވާންދެން ކެއުމުގެ ސަބަބުން މަރުވެފައި ވެއެވެ. އެހެން އިންފްލުއެންސާއަކު މަރުވީ އަލްކަހޯލް އާއި ކްކިން އޮއިލް ބޮއެގެން ގައްޑާކަން ދައްކަން އުޅެނި ކޮށެވެ.