ފެމިލީ ކޯޓުގެ ގާޒީކަމަށް 25 މީހަކު ކުރިމަތިލައިފިއެވެ.

އެ ކޯޓަށް ގާޒީއަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކުރީ މި މަހުގެ 9 ވަނަ ދުވަހެވެ. އަދި މިއަދުގެ ނިޔަލަށް ސުންގަޑި ހަމަވިއިރު 25 މީހަކު ކުރިމަތިލި ކަމަށް އެ ކޮމިޝަން ވަނީ ބުނެފައެވެ.

ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލި މީހުންގެ ތެރޭގައި:

  1. އަހުމަދު ރިފްޝާން، ކަޝްމީރުގެ، އައްޑޫ ފޭދޫ
  2. މުހައްމަދު އިހުސާން، ނޫރުވާދީ، ކ. ތުލުސްދޫ
  3. އާމިނަތު ޒިދުނާ، މ. ހިތަށްފިނިވާގެ، މާލެ
  4. އަލީ ނަސީރު، ގާރޑެނިޔާވިލާ، ބ. ކިހާދޫ
  5. ސިޔާމާ މުހައްމަދު، ދަފުތަރު ނަންބަރު ރސ 13194 މާލެ
  6. ފާތިމަތު ސާޖިދާ، މާލެގަން، މާވިނަ، ފުވައްމުލައް
  7. ފާތިމަތު ނަބާހާ، ޝާދީވިލާ، ގދ. ފިޔޯރީ
  8. އާއިޝަތު ނިހާ، މޫންޕްލާޒާ، ހދ. ވައިކަރަދޫ
  9. ނަފީލު މުހައްމަދު، ލަކީހޯމް، ގއ. ދާންދޫ
  10. އަބްދުލްމުހުސިން އަބްދުލްހަކީމް، އާކުރި، ގއ. ނިލަންދޫ
  11. މުހައްމަދު މުނައްވަރު އަލީ، ވެސްޓްބީޗް، އއ. މަތިވެރި
  12. އާމިނަތު އީމާން އަބްދުލްޣަފޫރު، މއ. ރޯޒް 1، މާލެ
  13. އަބްދުއްސަލާމް، މިސްކިތްދޮށުގެ، ގއ. ގެމަނަފުށި
  14. މަރްޔަމް އަފްޝާ، ރޯޒީ، ކ. ތުލުސްދޫ
  15. އަހުމަދު ހަސަން މަނިކު، ސަންސައިން، ނ. ޅޮހީ
  16. ފާތިމަތި ނިޒްނާ، ކަށިކެޔޮމާގެ، ގދ. ގައްދޫ
  17. އާއިޝަތު މާޝިތާ، ވަލުތެރޭގެ، ތ. ވިލުފުށި
  18. މުހައްމަދު މޫސާ، ސިނަމާގެ، ޅ. ނައިފަރު
  19. މަރިޔަމް ރައުހާ، ސްކައިވިލާ، ށ. މާއުނގޫދޫ
  20. އަހުމަދު ޝިފާއު، ލަކީސްޓާ، ހއ. މާރަންދޫ
  21. އުސާމާ މޫސާ، ޗަމަން، ށ. ކޮމަންޑޫ
  22. އަލީ ޝަރީފު އަބްދުއްސަމަދު، ސަމާޕެލަސް، ތ. ކަނޑޫދޫ
  23. ފާތިމަތު ނަސޫހާ، ނޫރާނީވިލާ، ރ. އަލިފުށި
  24. ރަޒާނާ އިބްރާހިމް، ޒިންދަގީ، ގދ. ތިނަދޫ
  25. އައިޝަތު ސިމައިނާ، ލިލަކު، ލ. ކުނަހަންދޫ

ފެމިލީ ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރަ އަކީ މަހަކު 30،000 ރުފިޔާގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއެވެ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1،375 ރުފިޔާ ލިބޭނެ ކަމަށް ޖޭއެސްސީއިން ބުނެއެވެ.