މީގެ އަހަރުތަކެއް ކުރިން ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައި ވުމަކީ ދެން އެފަދަ ވޯޓެއް ނުނެގެންވީ ސަބަބެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ހއ. ދިއްދޫގައި "ތިލައުތުރު އެވޯޑް" ދިނުމުގެ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ގޮތުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ މިއަދު ވާޖިބު ކަމެއް ކަމަށެވެ. އަދި މި ވަގުތަކީ އެ ވޯޓު ނަގަން ޖެހޭ، އެކަމަށް ތައްޔާރުވާން ޖެހޭ ވަގުތުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނާ ހަމައަށް މި މައްސަލަ ގެންގޮސްދީ ވޯޓުލުމުގެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ.
ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ގިނަ ބަދަލުތަކެއް އެބަހުރިކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރާ ނިޒާމަަށް ބަދަލު ގެންނަން ޖެހޭކަމަށް ފެންނަ އެތައް ދިވެހިންނެއް އެބަތިބި ކަމަށެވެ. އަދި މިއަދު އެކަމަށް މަސައްކަތް ނުކޮށްފި ނަމަ ކުރިއަށް އޮތް މުސްތަގުބަލުގައި ފެނިގެން ދާނީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ޖެހޭކަމަށް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވަނީ ގާނޫނު އަސާސީއަށް ގެންނަން ފެންނަ އިތުރު ބަދަލުތައްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކޮށް އިންސާފުވެރި ފަނޑިޔާރު ގެއެއް ގާއިމުކުރުމާ، ގާނޫނު އަސާސީގައި ސުޕްރީމް ކޯޓުގެ މެންބަރުންގެ އަދަދު ކަނޑައެޅުން މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ހަމައެކަނި ދާއިރާތަކަކަށް ހާއްސަކޮށް އޮންނަ އޮތުން ބަދަލުކުރަން ޖެހޭކަމަށާ، މަޖިލީހަށް ކޮންމެ ދައުރަކު ހަތަރު ފަސް މެންބަރުން އިތުުރުވާ ގޮތަށް އޮތް އޮތުންވެސް ހުއްޓުވަން ޖެހޭކަަމަށެވެ.
މީނަ އަށް ވެރިކަން ލިބެނީބާ ވެރިކަމުގެ ނިޒާމު ބަދަލު ކޮށްގެން