ގދ. ތިނަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ތިނަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ މެންދުރު 1:50 ހާއިރުއެވެ. މި މާރާމާރީގައި އުމުރުން 25 އަހަރުގެ ޒުވާނަކަށް އަނިޔާވެފައި ވާއިރު އޭނާއަށް އަންނަނީ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

''ދަ ޕްރެސް'އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން އުމުރުން 30 އަހަރުގެ މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ. އެހެންނަމަވެސް މި މާރާމާރީ ހިނގި ސީދާ ސަބަބު ފުލުހުން ހާމަކޮށްފައި ނުވާއިރު މިކަމާ ގުޅޭ އިތުރު ތަފްސީލެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.