ގިނަ ފަހަރަށް އަހަރެމެންނަށް އިރުޝާދު ލިބެނީ ކާއެއްޗެހި ރަނގަޅަށް ހަޖަމު ކުރުމަށް ހަށިގަނޑަށް އެކަށީގެންވާ ވަގުތު ދިނުމަށްޓަކައި ރޭގަނޑު އަވަހަށް ކެއުމަށެވެ. ނަމަވެސް ރޭގަނޑު މާ ލަސްކޮށްފައި ކާނަމަ ބަނޑުހައި ހޫނުކަމާ ގުޅޭ ހޯމޯންތަކަށް ބަދަލު އައިސް، އިތުރަށް ބަނޑުހައިކަން އިހުސާސްވެ، ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑެވެ. މިކަމަށް އަލިއަޅުވާލަމުން ނިއުޓްރިޝަނަލް ސައިކޭޓްރިސްޓެއް ކަމަށްވާ ޑރ އުމާ ނައިޑޫ ބުނީ އަހަރެމެން ކާ އެއްޗެހީގެ ސަބަބުން ކަންކަން އިހުސާސް ކުރެވޭ ގޮތަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމަށާއި ކެއުމުގައި އަހަރެމެން ބޭނުންކުރާ އާދަތަކަކީވެސް ވިސްނަން ޖެހޭ އާދަތަކެއް ކަމަށެވެ. ރޭގަނޑު މާ ލަސްކޮށްފައި ނުވަތަ ނިދުމުގެ ވަގުތާ ކައިރިކޮށްފައި ކެއުމަކީ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށް ޒަމާނުއްސުރެ އަންނަނީ ބުނަމުންނެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޑރ އުމާ ބުނީ ދާދި ފަހުން ރެންޑަމްކޮށް، ކޮންޓްރޯލްކޮށްފައިވާ، ކްރޮސްއޯވާ ޓްރަޔަލްއަކުން އެނގުނު ގޮތުގައި ދުވާލު މާ ލަސްކޮށްފައި ކާ މީހުންގެ ސީރަމް ލެޕްޓިން ލެވެލް (އަހަރެމެންގެ ބަނޑު ފުރިފައިވާކަން އަންގައިދޭ ހޯމޯން) އަދި ގްރެލިން (ބަނޑުހައިކަން އިހުސާސްކޮށްދޭ ހޯމޯން) ލެޕްޓިން ރޭޝިއޯ ދުވާލުގެ ތަންކޮޅެއް އަވަހަށް ކާ މީހުންނާ އަޅާ ބަލާއިރު ދަށް ކަމަށެވެ. އޭގެ ސަބަބުން ބަނޑުހައިކަން އަވަހަށް އިހުސާސްވެ، ބަނޑު ފުރިފައިވާނަމަވެސް ކެއުން ހުއްޓާލުމުގެ ޝައުގުވެރިކަން ކުޑަވެއެވެ.

ލަސްކޮށްފައި ކެއުމަކީ ބަނޑުހައިހޫނުކަމުގެ ހޯމޯންތައް، ހާއްސަކޮށް ގްރެލިން އަދި ލެޕްޓިންގެ ޑިސްރެގިއުލޭޝަނާ ގުޅިފައިވާ ކަމެކެވެ. ގްރެލިން އަކީ ބަނޑުހައިހޫނުކަން އިތުރުކޮށްދޭ ހޯމޯން ކަމަށްވާއިރު، ލެޕްޓިން އަކީ ބަނޑު ފުރިފައިވާކަމުގެ އިޝާރާތްކޮށް، ބަނޑުހައިހޫނުކަން ދަމަހައްޓައިދޭ ހޯމޯން އެކެވެ. ބެންގަލޫރުގެ ފޯޓިސް ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓަންޓް - އިންޓާނަލް މެޑިސިން ޑރ އަދިތިޔާ އެސް ޗައުޓީ ބުނީ ރޭގަނޑު ދަންވަރު، ހާއްސަކޮށް ކެލޮރީ ނުވަތަ ސިއްހަތަށް ނުރަނގަޅު ކާނާ ކެއުމުން ހޯމޯނަލް ރެގިއުލޭޝަނަށް ހުރަސް އެޅޭ ކަމަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑު ކެއުމުގެ ސަބަބުން ގްރެލިން ލެވެލް އިތުރުވެ، ލެޕްޓިން ލެވެލް ދަށްވެ، ހަށިގަނޑަށް އިތުރު ކާނާ ބޭނުން ނުވި ނަމަވެސް ބަނޑުހައިހޫނުކަން އިތުރުވެއެވެ.

ދަންވަރަށް ތެދުވެ މީހަކު ކަނީ

ލަސްކޮށްފައި ކެއުމުން ބަނޑުހައިހޫނުކަމުގެ ހޯމޯންތަކަށް އަސަރުކުރާގޮތް

ލަސްކޮށްފައި ކެއުމަކީ ބަނޑުހައިހޫނުކަމުގެ ހޯމޯންތަކަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ. ރޭގަނޑު ދަންވަރު ހާއްސަކޮށް ނިދުމުގެ ވަގުތާ ގާތްކޮށްފައި ކެއުމުން ބަނޑުހައިހޫނުކަމާއި މެޓަބޮލިޒަމް ފަދަ ތަފާތު ފިޒިއޮލޮޖިކަލް ޕްރޮސެސްތައް ރެގިއުލޭޓް ކޮށްދޭ ގުދުރަތީ ސާކެޑިއަން ރިދަމަށް ހުރަސްއެޅެއެވެ. މި ހުރަސް އެޅުމުގެ ސަބަބުން ބަނޑުހައިހޫނުކަމުގެ ހޯމޯންތައް ޑިސްރެގިއުލޭޓް ވެދާނެ ކަމަށް ޑރ އަދިތިޔާ ބުންޏެވެ.

އަދި ރޭގަނޑު ދަންވަރު ކާއިރު، ހާއްސަކޮށް ހަކުރު ގިނަ ނުވަތަ ސަރުބި ގިނަ ކާނާ ކެއުމުން ގްރެލިން ލެވެލް އިތުރުވެ، އިތުރަށް ބަނޑުހައިވެ، ގިނައިން ކެއުމުގެ ފުރުސަތު ބޮޑުވާ ކަމަށް އޭނާ ބުންޏެވެ. އަދި އޭގެ ސަބަބުން ލެޕްޓިން ލެވެލް ދަށްވެ، ކެލޮރީސް ގިނަވެ ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

ރޭގަނޑު ލަސްކޮށްފައި ކެއުމަށް ދުރުހެލިވާންވީ ސަބަބު

ހަށިގަނޑުގެ ބަރުދަނާއި މުޅި ސިއްހަތު ދުޅަހެޔޮކޮށް ދެމެހެއްޓުމަށްޓަކައި ރޭގަނޑު ލަސްކޮށްފައި ކެއުމުން ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޑރ އަދިތިޔާ ހިއްސާކުރި ފަދައިން ރޭގަނޑު ލަސްކޮށްފައި ކެއުމުން ދުރުހެލިވާންވީ ބައެއް ސަބަބުތައް:

  • ހޯމޯނަލް ރެގިއުލޭޝަނަށް ބުރޫއެރުން: ލަސްކޮށްފައި ކެއުމުގެ ސަބަބުން ބަނޑުހައިހޫނުކަމުގެ ހޯމޯން ރެގިއުލޭޝަނަށް ބުރޫ އަރާ، ބަނޑުހައިހޫނުކަން އިތުރުވެ، ކެއުމުގެ ފުރުސަތު ބޮޑުވެ، ބަރުދަން އިތުރުވެ، އޮބޭސިޓީ އަށް މަގުފަހިވެގެން ދެއެވެ.
  • ހަޖަމުކުރުން ދަށްވުން: ރޭގަނޑު ލަސްކޮށްފައި ކެއުމަކީ ހަށިގަނޑުގެ ގުދުރަތީ ހަޖަމުކުރުމުގެ މަރުހަލާއަށް ހުރަސްއެޅޭ ކަމެކެވެ. ރޭގަނޑު މެޓަބޮލިޒަމް ލަސްވެ، ނިދުމާއި ކައިރިކޮށް ބަރު ކާނާ ކެއުމަކީ ހަޖަމުވުމާއި، އެސިޑް ރިފްލަކްސް އަދި ނިދުމަށް ހުރަސް އެޅުން ފަދަ ކަންތައް ކުރިމަތިވާ ކަމެކެވެ.
  • ނިދުމުގެ ފެންވަރު ދަށްވުން: ރޭގަނޑު ލަސްކޮށްފައި ކެއުމުން ފުރިހަމަ ނިދި ނުލިބުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ބޮޑެތި ކެއުންތައް ހަޖަމުކުރުން ނުވަތަ ސްޓިމިއުލޭޓްކުރާ މާއްދާތައް ކެއުމުން ނިދުމުގެ ވައްޓަފާޅިއަށް ބުރޫ އަރާ، ނިދުމާއި އަރާމުކުރުން އުނދަގޫވެއެވެ.
  • ދާއިމީ ބަލިތަކުގެ ނުރައްކާ އިތުރުވުން: އާންމުކޮށް އަބަދުވެސް ރޭގަނޑު ލަސްކޮށްފައި ކާނަމަ ހިތުގެ ބަލިތަކާއި ހަކުރު ބައްޔާއި މެޓަބޮލިކް ސިންޑްރޯމް ފަދަ ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ ދިގު މުއްދަތަކަށް ސިއްހަތާއި ދުޅަހެޔޮކަމަށް އަސަރުކުރުވައެވެ.
ކެއުމުގެ ގަޑިތައް އަންގައި ދޭން ބޭނުން ކޮށްފައިވާ ތަސްވީރެއް

ގަޑިން ގަޑިއަށް ކެއުމަކީ ފައިދާހުރި ކަމެއްތަ؟

ގަޑިން ގަޑިއަށް ކެއުމަކީ ސިއްހަތާއި މުޅި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގިނަ ފައިދާތަކެއް ކޮށްދޭ ކަމެކެވެ. ޑރ ޗައުތީ ހިއްސާކުރި ވަނީ ގަޑިން ގަޑިއަށް ކެއުމުން ލިބޭ ބައެއް ފައިދާތައް ހިއްސާކޮށްފައެވެ.

ހަޖަމުކުރުން ރަނގަޅުވުން: ގަޑިން ގަޑިއަށް ކެއުމުން ހަޖަމުކުރުމުގެ ނިޒާމު ރެގިއުލޭޓްކޮށް، އެންޒައިމް ސްކްރޭޝަން އަދި ނިއުޓްރިއަންޓް ހަށިގަނޑަށް ލިބޭވަރު އިތުރުކޮށް، ހަޖަމުކުރުމުގެ މައްސަލަތައް މަދުކޮށް، ބަނޑުގައި ރިއްސުމާއި ބަނޑުހައިވުން ފަދަ މައްސަލަތައް ކުޑަކޮށްދެއެވެ.

އެނާޖީ ލެވެލްތައް އެއްވަރެއްގައި ހިފަހައްޓާދޭ: ގަޑިން ގަޑިއަށް ކެއުމުން ހަށިގަނޑުގެ ހަކަތަ އެއްވަރެއްގައި ހިފަހައްޓައިދެއެވެ. އޭގެ ސަބަބުން ހަކުރު އެއްވަރެއްގައި ބަހެއްޓައިދީ، ވަރުބަލިވުން ފަދަ ކަންތައްތަކުން ދުރުކޮށްދެއެވެ.

ބަރުދަން ބެލެހެއްޓުން: ގަވާއިދުން ކެއުމުގެ ވައްޓަފާޅިތަކުގެ ސަބަބުން ބަނޑުހައިހޫނުކަން ވަރަށް ބޮޑަށް ކުޑަވެ، މާގިނައިން ކެއުމާއި ސިއްހަތަށް ނުރަނގަޅު ކާނާ އިހްތިޔާރުކުރުމާ ދުރުކޮށްދެއެވެ. މީގެ ސަބަބުން ކާ މިންވަރުވެސް ކޮންޓްރޯލްކުރުމަށް އެހީވެދެއެވެ.