ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނައިރާ ގެ ރޯލުން އާންމުންގެ ސަމާލުކަން ދަމައިގަތް ބަތަލާ ޝިވާންގީ ޖޯޝީ 24، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ރާއްޖޭގެ ހިތްގައިމު ރިސޯޓެއް ކަމަށްވާ ކަނޑިންމަ ރިސޯޓްގެ ހިތްގައިމު މާހައުލުގައި ޝިވާންގީ ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރާގޮތުގެ ވީޑިއޯ އާއި ފޮޓޯ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ. އިންސްޓަގްރާމްގައި ފޮޓޯ ހިއްސާކުރަމުން ޝީވާންގީ ބުނީ ރާއްޖޭއަކީ އޭނާ އަށް އެންމެ ކަމުދާ މަންޒިލްކަމަށާއި އެއީ އޭނާގެ އުފާވެރި މަންޒިލް ކަމަށެވެ. ބޭރުގެ ނޫސްތަކުން ބުނާގޮތުގައި ޝިވާންގީ ރާއްޖެ އައީ މި މަހުގެ 18 ވަނަ ދުވަހު ފާހަގަކުރާ އޭނާގެ އުފަންދުވަހާ ދިމާކޮށް ކަމަށެވެ.

ސްޓާ ޕްލަސްގެ ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި 2016 އިން 2021 އިން އަށް މަސައްކަތްކުރުމަށްފަހު އެ ޝޯއިން އޭނާ ވަކިވީ މަންމައެއްގެ ރޯލު ކުޅެން ޖެހުމުންނެވެ. މިހާރު އެ ޑްރާމާގެ ލީޑު ތަރިންނަކީ ނައިރާގެ ދަރި އަކްޝަރާ ގޮއެންކާ އެވެ. އެ ޑްރާމާ އިން ވަކިވެ ޝިވާންގީ ވަނީ ކަލާސްގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ސީޒަން 12 ގައި ވާދަކޮށްފައެވެ. މިއުޒިކް ވީޑިއޯ ތަކުން ވެސް މިހާރު ޝީވާންގީ ފެނިގެންދާއިރު ބަތަލާ ވަނީ މީގެ ކުރިން ވެސް ރާއްޖެ އައިސް ރާއްޖޭގެ ހިތްގައިމު މާހައުލުގައި ޗުއްޓީ ހޭދަކޮށްފައެވެ.