ކޮންކްރީޓް މިކްސްޗާ ޓްރަކްއެއް ފުރޮޅާލައި 2 ކުޑަކުދިންނާއި ޓްރަކް ޑްރައިވަރަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންް ހިނގާފައި ވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 އިންޑަސްޓްރިއަލް ޒޯންގައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 އިންޑަސްޓްރިއަލް ޒޯން ކައިރިން ދުއްވާފައި ދިޔަ ކޮންކްރީޓް މިކްސްޗާ ޓްރަކްއެއް ފުރޮޅާލާފައިވާ ކަމަށް މިއަދު ހެނދުނު 7:35 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެވަގުތު އެ ސަރަހައްދުން ބައިސްކަލުގައި ދިޔަ 13 އަހަރުގެ 2 ފިރިހެން ކުދިންގެ އިތުރުން ވެހިކަލް ޑްރައިވާއަށް އަނިޔާވެފައިވާ ކަމަށާއި ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަނިޔާވި ފަރާތްތަކަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރަށް ފުލުހުން ބުނީ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ފަހަކަަށް އައިސް ހުޅުމާލެ ފޭސް 2 ގައި ގިނަ އަދަދެއްގެ އެކްސިޑެންޓުތަކެއް ހިނގާފައިވާއިރު އެތައް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.