ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަަޒްމޫން އަހްމަދު ހަމަޖައްސައިފިއެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އަޒްމޫން މިހާތަނަށް ހުރީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޕާސަނަލް އެސިސްޓެންޓްގެ މަގާމުގައެވެ.
އަޒްމޫން ޔޫތު މިނިސްޓަރުގެ ނައިބު ކަމަށް އައްޔަންކުރިކަން އަދި ރައީސް އޮފީހުން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޔޫތު މިނިސްޓަރުގެ ނައިބުންގެ ގޮތުގައި އައްޔަން ކޮށްފައި ތިބި ބޭފުޅުންގެ މައުލޫމާތު ފެންނަން އޮތް ބައިގައި މިހާރު އަޒްމޫނުގެ ނަން އެބައޮތެވެ.
ޔޫތު މިނިސްޓްރީގެ މަގާމަކަށް ހަމަޖެއްސުމުގެ ކުރިން އަޒްމޫނު އުޅުއްވީ ރާއްޖެ ޓީވީގައެވެ.
އަޒްމޫނުގެ އިތުރުން އަށް ޑެޕިއުޓީ މިނިސްޓަރުންނާއި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ.