ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށްގެން އުރީދޫން "މޫވެންޕިކް" އާ ގުޅިގެން ހިލޭ އައިސްކްރީމް ލިބޭ އޮފާ އެއް ކުރިއަށް އެބަ ގެންދެއެވެ.

މި އޮފާގެ ދަށުން މޫވެންޕިކުން 12 އަހަރުން ދަށުގެ ކުދިންނަށް ހިލޭ އައިސްކްރީމް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. މި އޮފާގެ ދަށުން ހިލޭ އައިސްކްރީމް ލިބޭނީ އުރީދޫގެ ކްލަބް ޕްރިމިއާ މެންބަރުންނަށް އެކަންޏެވެ.

އުރީދޫން ބުނި ގޮތުގައި، މޫވަލެންޕިކްގެ ކައުންޓަރަށް ފައިސާ ދައްކާ ވަގުތު، "މައި އުރީދޫ" އެޕް ހުޅުވާލުމަށް ފަހު، ކްލަބް ޕްރިމިއާ ޑިޖިޓަލް ކާޑު ދައްކާލުމުން 12 އަހަރުން ދަށުގެ ކުދިންނަށް ހިލޭ އައިސްކްރީމް ލިބޭނެއެވެ.

އެ ކުންފުނިން ބުނީ، މި އޮފާ ކުރިއަށް ދާނީ މިއަދު އެކަނި ކަމަށެވެ

އުރީދޫ ކްލަބް ޕްރިމިއާގެ ދަށުން ލިބޭ ހިދުމަތްތައް:

  • ސްމާޓް އެކްސެސް މެދުވެރިކޮށް، މެމްބަޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއާ ލައުންޖަށް ވަދެވޭ
  • ލައުންޖަށް ވަނުމާ އެކު، ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ހިދުމަތްތައް ފަސޭހަކަމާ އެކު ހޯދޭނެ
  • ޑިޖިޓަލް ފޯމު މެދުވެރިކޮށް، އުރީދޫގެ ހިދުމަތްތައް ފަސޭހަކަމާ އެކު ހިޔާރު ކުރެވޭނެ
  • ފަހުގެ ބްރޭންޑްތަކާއި ޕާޓްނަރުންގެ ހާއްސަ ޑިސްކައުންޓްތައް ލިބޭ

މޫވެންޕިކަކީ އުރީދޫގެ ޕާޓްނަރު ބްރޭންޑެއް ކަން ފާހަގަ ކޮށްލެވެއެވެ. މިހާރު ވެސް ކްލަބް ޕްރިމިއާ ކާޑު ދައްކާލުމުން، މޫވެންޕިކުން ގަންނަ އައިސްކްރީމަށް ޑިސްކައުންޓް ލިބެއެވެ.