މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް އިން ބުނީ، މަޖީދީމަގު ޝަހީދު އަލީ ހިނގުމުގައި ހުންނަ މ .އޮޕްޝަން ގޭގެ ގޯޅިގަނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ އިރާކޮޅު ލިބިފައިވާ ކަމަށެވެ.

އަދި އަލިފާން ހިފާފައި ވަނީ އެތާ ހުރި ކުނިތަކެއްގައި ކަމަށާއި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމް އިން ނިއްވާލައިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

މީގެ ކުރިން ވެސް މިފަދަ ކުނި ތަކުގައި އާންމު ކޮށް ރޯވުމުގެ ހާދިސާ ހިނގާފައިވަނީ ސިގިރޭޓު ފިލްޓަރު ނިއްވާ ނުލާ އެއްލާލުމުގެ ސަބަބުންނެވެ. ނަމަވެސް ކުނި ތަކުގައި ރޯވާން މެދުވެރިވި ސަބަބު މިހާތަނަށް އެނގިފައި ނުވާ ކަމަށް އެމްއެންޑިއެފް އިން މައުލޫމާތު ދިނެވެ.

އެގޮތުން ފާއިތުވި ރޯދަ މަހުވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ކުނިތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.