ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ދަނީ ގޯސްވަމުންނެވެ. އެހެންނަމަވެސް މޫސުމާ އެކު ދިރިއުޅުމުގެ ކަންކަން ހުއްޓާލައިގެން ތިބެވޭކަށް ނެތެވެ.
ބޭރުން ރާއްޖެއަށް ކަނޑުމަގުން މުދާ އެތެރެކުރަމުން ދާއިރު، މާލެއިން ރަށްރަށަށް ވެސް މުދާ ދަނީ ހުއްޓުމެއްނެތި ސަޕްލައި ކުރަމުންނެވެ. ގަދަ ވަޔާއި ވާރޭގައި ވެސް ކާގޯ އުފުލުމާއި ސަޕްލައިކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެހެންނަމަވެސް މިއީ ރިސްކު ބޮޑު މަސައްކަތެކެވެ. އުޅަނދު ކަނޑުވުން ނުވަތަ ރާޅު ޖަހާ އުޅަނދުގައި ހުރި މުދާ ހަލާކުވުން ނުވަތަ ކަނޑަށް ބައެއް މުދާ ގެއްލުން ފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެފަދަ ހާލަތެއްގައި އެއީ މާލީ ބޮޑު ގެއްލުމެކެވެ. އުފުލަން ޖެހޭ ވަރަށް ބޮޑު ބުރައެކެވެ. އެހެންކަމުން މި ހުރިހާ ކަންތަތަކަށް ސަމާލުކަން ދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ބުއްދިވެރިއެވެ. މި ހާލަތުގައި ކާގޯ އިންޝުއަރަންސް ޕްލޭނެއްގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ.
އެލައިޑް އިންޝުއަރަންސްގެ ކާގޯ އިންޝުއަރަންސަކީ މިގޮތުން އެންމެ ފައިދާ ބޮޑު އިންޝުއަރަންސް ޕޮލިސީއެވެ. މި ޕޮލިސީގެ ދަށުން ތިން ގިންތިއަކަށް ކަވަރޭޖު ފޯރުކޮށްދެއެވެ.
ތިންވަނަ ގިންތި (އައިސީސީ ސީ)ގައި ރައްކާތެރިކަން ލިބެނީ ތާޑް ޕާޓީއެއްގެ ގޮތުގައި ތިމާގެ އުޅަނދާއި ކާގޯއަށް ލިބިދާނެ ގެއްލުންތަކަށެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން ނުވަތަ ގޯއްޗެއް ގޮވުން، އުޅަނދު އަޑިއަށް ދިއުން ނުވަތަ ބަންޑުން ޖަހާލުން، އެހެން އުޅަނދެއްގައި ޖެހުން، ޑިސްޓްރެސްޑް ކާގޯ (އޯނަރު ހަވާލު ނުވާ/ނުކުރެވޭ ކާގޯ) ބަނދަރަށް ދޫކޮށްލުން އަދި ކާގޯ ކަނޑަށް ދޫކޮށްލަން ޖެހުން ފަދަ ހާލަތްތަކުގައެވެ.
ދެވަނަ ގިންތި (އައިސީސީ ބީ)ގައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ހާލަތެއްގެ އިތުރުން ބިންހެލުން، ހޮނުއެޅުން ފަދަ ގުދުރަތީ ހާދިސާތަކާއި ކާގޯގެ ގޮތުގައި އުފުލަމުން ދިޔަ އެއްޗެއް ކަނޑަށް ވެއްޓުމާއި އަދި އުޅަނދުގައި ކާގޯ ބަހައްޓާފައި ހުރި އިރު ރާޅު ޖަހާ މުދަލަށް ގެއްލުންވުމާއި އަދި މުދާ ލޯޑުކުރުމާއި އަންލޯޑުކުރުމުގެ ތެރޭގައި އެއްޗެއް ވެއްޓި ހަލާކުވުމުން ލިބޭ ގެއްލުންތަކަށް ކަވަރޭޖު ލިބޭނެއެވެ.
ފުރަތަމަ ގިންތި (އައިސީސީ އޭ)އަކީ ކޮމްޕްރެހެންސިވް ކަވަރޭޖެވެ. ނުވަތަ އެންމެ ރައްކާތެރިކަން ބޮޑު ކަވަރޭޖެވެ. މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ހާލަތެއްގެ އިތުރުން ކަނޑުފޭރޭ މީހުންގެ ނުރައްކާތަކާއި ވަގުތަށް ކާގޯ ޑެލިވަރީ ނުކުރެވިއްޖެނަމަ ލިބޭ ގެއްލުންތަކަށް ވެސް ކަވަރޭޖު ލިބޭނެއެވެ. މި ޕޮލިސީގެ ތިން ގިންތީގައި ވެސް ކަނޑަށް ވެއްޓޭ މުދާ ސަލާމަތްކުރުމަށް އަރާ ސެލްވޭޖް ޗާޖުތަކަށް ކަވަރޭޖު ލިބޭނެއެވެ. އަދި އުޅަނދު ނުވަތަ ކާގޯގެ ސަލާމަތަށް ޓަކައި އަމިއްލަ އިސްނެގުމަށް ނަގާ ޑިޒިޝަނަކުން ލިބޭ ގެއްލުން (ޖެނެރަލް އެވަރޭޖް ސެކްރިފައިސް) ވެސް ތިން ގިންތިން ކަވަރުކޮށްދެއެވެ.
އެލައިޑްގެ ކާގޯ އިންޝުއަރަންސަކީ ހަމައެކަނި ކަނޑުމަގުން އުފުލާ ކާގޯއަށް އޮތް ރައްކާތެރިކަމެއް ނޫނެވެ. ވައިގެ މަގުންނާއި ރަށުތެރޭގައި އުފުލާ ކާގޯއަށް ވެސް ހަމަ މި ހާލަތްތަކަށް ރިއާޔަތްކޮށް ރައްކާތެރިކަން ލިބޭނެއެވެ.
މިއީ ހުޅަނގު މޫސުން ކަމުން މޫސުން ބަދަލުވަނީ ހީ ވެސް ނުކުރާ ގޮތްގޮތަށެވެ. އަވިގަދަ ހެނދުނެއް ފެނިފައި ވަރަށް ވިއްސާރަ މެންދުރަކާއި ރެޔެއް ވެސް އެއް ދުވަހުން ފެނިދާނެއެވެ. އެހެންކަމުން ރައްކާވެ، ފިޔަވަޅު އަޅައިގެން ހުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ.