އަލިފާނުގެ ހާދިސާއެއް ނުވަތަ އެހެންވެސް ނުރައްކަލެއްގެ ސަބަބުން ޕްރޮޕަޓީއަކަށް ލިބިދާނެ ގެއްލުމަކުން އިންޝުއާވުމަށް އެލައިޑް އިންޝުއަރެންސްގެ "ފަޔާ އެންޑް އެޑިޝަނަލް ޕެރިލްސް" އިންޝުއަރެންސްގެ ފައިދާ އާއި މުހިއްމުކަން ބޮޑެވެ.

މާލޭގައި އިމާރާތްކުރުމުގެ ސިނާއަތު ކުރިއަރާ، އޭގެ ތެރެއިން އެތައް އިމާރާތެއްގައި އޮފީސްތަކާއި ފިހާރައާއި ގުދަން ހިންގަމުން ދާއިރު މީހުން ދިރިއުޅެމުން ވެސް ދެއެވެ. އެންމެ އިމާރާތެއް ވެސް އެތައް ބައެއްގެ މަސްލަހަތާ ގުޅިފައިވާއިރު ދިމާވާ ކުޑަ ކަމަކުން ވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުން އެކަށީގެންވެއެވެ.

އެލައިޑް އިންޝުއަރެންސްގެ "ފަޔާ އެންޑް އެޑިޝަނަލް ޕެރިލްސް" އިންޝުއަރެންސަކީ އަލިފާނުގެ ހާދިސާތަކުގެ އިތުރުން، ވަކިވަކި ބައެއް ނުރައްކާތަކުން ކޮމާޝަލް އެކްޓިވިޓީއެއް ހިންގާ އިމާރާތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. އަދި ފިހާރަ އާއި އޮފީސް ފަދަ ތަންތަން ހިންގާ އިމާރާތެއްގައި މީހުން ދިރިއުޅޭ ޔުނިޓުތައް ހުރިނަމަ ވެސް މި ޕްލޭނުގެ ދަށުން އެތަންތަން ކަވަރު ކޮށްދޭނެއެވެ.

މި އިންޝުއަރެންސްގެ ދަށުން އަލިފާނުގެ ހާދިސާތަކުގެ އިތުރުން އެއްޗެއް ގޮވުން، ގަސްތުގައި ބަޔަކު ގެއްލުން ދިނުން، ފެންބޮޑުވުން، ފެންހޮޅި ފަޅައިގެން ގޮސް ގެއްލުން ވުން ނުވަތަ ގުދުރަތީ ގޮތުން ހިނގާ ހާދިސާތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމަށް ކްލެއިމް ކުރެވޭނެއެވެ.މީގެ އިތުރުން އިމާރާތުގެ ތެރެއަށް ގަދަކަމުން މީހަކު ނުވަތަ ބަޔަކު ވަދެ ވައްކަން ކޮށްފިނަމަ އެކަމުގެ ތެރޭގައި އިމާރާތަށް ލިބިފައިވާ ގެއްލުންތަކާއި ވަގަށް ގެންދިޔަ އެއްޗެއްސަށް ކަވަރޭޖު ލިބޭ އެކްސްޓެންޝަނެއް ވެސް މި ޕްލޭނަށް އިތުރުކުރެވިދާނެއެވެ.

އެލައިޑްގެ މި ޕްލޭނުން ރައްކާތެރިކަން ލިބެނީ އިމާރާތުގެ އިތުރުން އެތެރޭގައި ހުރި މުދަލަށެވެ. އޭގެ ތެރޭގައި އިމާރާތުގައިވާ ތަފާތު ޕާމަނަންޓް ފިކްސްޗާތަކާއި ފިޓިންގްސް، ފަރުނީޗަރު، ވިޔަފާރި މުދާ އަދި މެޝިނަރީ ހިމެނެއެވެ. މީގެ އިތުރުން އިމާރާތަކީ ކުއްޔަށް ދީގެން އާމްދަނީ ހޯދަމުން ގެންދާ އިމާރާތެއް ނަމަ، ގެއްލުމާ ގުޅިގެން ގެއްލޭ ނުވަތަ ހުއްޓޭ ކުލީގެ އާމްދަނީ ވެސް މި ޕްލޭނުން ކަވަރުކޮށްދޭނެއެވެ. އަދި އިމާރާތުގެ އާކިޓެކްޓް އަދި ސާވޭ ފީތައް ވެސް ކަވަރުކޮށްދޭނެއެވެ.

އިމާރާތަށް ފަޔަރ އެންޑް އެޑިޝަނަލް ޕެރިލްސް އިންޝުއަރެންސް ޕޮލިސީއެއް ހޯދުމަށް ޓަކައި އެލައިޑް އިންޝުއަރެންސްގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނަ ޕްރޮޕޯޒަލް ފޯމް ފުރުމަށް ފަހު ހުށަހަޅަންޖެހެއެވެ.

މި ޕްލޭން ނެގި ނަމަވެސް ހާދިސާއަކުން ލިބިދާނެ ގެއްލުމެއް ވީހާވެސް ކުޑަކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ ވެރިފަރާތުގެ ޒިންމާއެއްކަން އެ ކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ. އަދި ހާދިސާއެއް ކުރިމަތިވާ ހިނދު، ވީ އެންމެ އަވަހަށް، ކަމާބެހޭ ފަރާތްތަކަށާއި އެލައިޑަށް އެކަން ރިޕޯޓް ކުރުމަށް ސަމާލުވުމަށްވެސް އަލައިޑުން ވަނީ އެދިފައެވެ.

އެލައިޑް އިންޝުއަރެންސް އަކީ ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ޕްރޮވައިޑަރުގެ އިތުރުން އެހެން އިންޝުއަރެންސް ކުންފުނިތަކުގެ ތެރެއިން އެންމެ އީޖާދީ ކުންފުންޏެވެ. އެލައިޑްގެ ތަފާސް ހިސާބު ދައްކާ ގޮތުން 2019 ވަނަ އަހަރު އެކަނިވެސް އަލިފާނުގެ ހާދިސާގެ ބަދަލުގެ ގޮތުގައި 47،680،434 ރުފިޔާ ދޫކޮށްފައިވެއެވެ.