އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ ޖީ-20 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ސިންގަޕޫރު، ބަންގްލަދޭޝް، އިޓަލީ، އެމެރިކާ، ބްރެޒިލް، އާޖެންޓީނާ، މޮރިޝަސް އަދި ޔޫއޭއީގެ ލީޑަރުންނާއެކު ގްލޯބަލް ބަޔޯފިއުލް އެލަޔަންސް (ޖީބީއޭ) ވަނީ 9 ސެޕްޓެމްބަރު 2023ގައި އިފްތިތާހު ކޮށްދެއްވާފައެވެ.

ޖީބީއޭ އަކީ އިންޑިއާގެ ޖީ-20 ޕްރެޒިޑެންސީގެ ދަށުން އެންމެ އިސްކަންދޭ އެއް ޖަމިއްޔާއެވެ. ބޮޑުވަޒީރު މޯދީ ވަނީ އެތަނޮލް އާއި ޕެޓްރޯލާ 20 އިންސައްތައަށް ގެންދިއުމަށް އެދި، ޖީ20 އާއި އެހެނިހެން ގައުމުތަކުން ވެސް މި މަސައްކަތުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. ވޯލްޑް ބޭންކާއި އޭޑީބީ އަދި ޑަބްލިއުއީއެފް ހިމެނޭ ގޮތަށް އެންމެ ފުރަތަމަ 19 ގައުމަކާއި ބައިނަލްއަގުވާމީ 12 ޖަމިއްޔާއަކުން މި މަސައްކަތުގައި ބައިވެރިވެއެވެ. އޭގެ ފަހުން ފިލިޕީންސާއި ޓެންޒޭނިއާ ބައިވެރިވުމާއިއެކު އެލަޔަންސްގައި މިހާރު 21 ގައުމެއް ހިމެނެއެވެ.

ޖީބީއޭގެ ވިސްނުމަކީ ޓެކްނޮލޮޖީގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމާއި، ދެމެހެއްޓެނިވި ބަޔޯފިއުލްތައް ބޭނުންކުރުން ހަރުދަނާކުރުމާއި، ހަރުދަނާ ސްޓޭންޑަޑް ސެޓިންގް އަދި ސެޓްފިކޭޝަން ބައްޓަންކޮށް، ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއި އެކު، ބަޔޯފިއުލްތައް ބައިނަލްއަގްވާމީ ފެންވަރުގައި ބޭނުންކުރުން ކުރިއެރުވުމެވެ. އަދި މި އިއްތިހާދަކީ ޢިލްމުގެ ސެންޓްރަލް ރިޕޮޒިޓަރީއެއްގެ އިތުރުން އެކްސްޕާޓް ހަބެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާނެ ކޯލިޝަނެކެވެ. ޖީބީއޭގެ އަމާޒަކީ ކެޓަލިޓިކް ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތްކޮށް، ބަޔޯފިއުލްތައް ކުރިއެރުވުމަށާއި ފުޅާ ދާއިރާއެއްގައި ބޭނުންކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ދިނުމެވެ.

ގްލޯބަލް ބަޔޯ ފިޔުލްސް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

2005 ވަނަ އަހަރުން ފެށިގެން ހަކަތައިގެ ދާއިރާގައި އިންޑިއާއާއި އެމެރިކާއާ ދެމެދު އޮތީ ވަރުގަދަ ގުޅުމެކެވެ. އެޕްރީލް 2021 ގައި އިންޑިއާ-އެމެރިކާ ކްލައިމެޓް އެންޑް ކްލީން އެނާޖީ އެޖެންޑާ 2030 ޕާޓްނާޝިޕް، ދެ ޓްރެކް ހިމެނޭހެން ސްޓްރެޓެޖިކް ކްލީން އެނާޖީ ޕާޓްނާޝިޕް (އެސްސީއީޕީ) އަދި ކްލައިމެޓް އެކްޝަން އެންޑް ފައިނޭންސް މޮބިލައިޒޭޝަން ޑައިލޮގް (ސީއޭއެފްއެމްޑީ) ވަނީ އިފްތިތާހުކޮށްފައިއެވެ. އެސްސީއީޕީގެ މައިގަނޑު އަމާޒަކީ ހަކަތައިގެ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށާއި، ސާފު ހަކަތަ އުފެއްދުމާއި، ސާފު ހަކަތަ ގެނައުމަށް ކުރާ މަސައްކަތްތަކާއި، ސާފު ހަކަތައިގެ ނިޒާމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ސާފު ހަކަތައިގެ ވަސީލަތްތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކެވެ. އިންޑިއާގެ ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭހާއި އެމެރިކާގެ އެނާޖީ ސެކްރެޓަރީއާ ދެމެދު ބޭއްވި އެސްސީއީޕީގެ ތިންވަނަ މިނިސްޓީރިއަލް ބައްދަލުވުމަށް ފަހު ޖުލައި 18، 2003 ގައި ނެރުނު ޖޮއިންޓް ސްޓޭޓްމަންޓުގައި ބުނެފައި ވަނީ ގްލޯބަލް ބަޔޯފިއުލް އެލަޔަންސް އުފެއްދުމަށް ރައީސް ބައިޑަން އާއި ބޮޑުވަޒީރު މޯދީގެ ވިޝަން، ދެ ފަރާތުގެ މިނިސްޓަރުން ކަށަވަރުކޮށްދޭނެކަމަށެވެ.

މީގެ ކުރިން ފެބްރުއަރީ 11، 2023 ގައި މިނިސްޓްރީ އޮފް ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސްގެ ޕްރެސް ނޯޓެއްގައި ބުނެފައި ވަނީ ބަޔޯފިއުލް އުފައްދާ ފަރާތްތަކާއި ކަސްޓަމަރުންގެ ގޮތުގައި ބްރެޒިލް، އިންޑިއާ އަދި އެމެރިކާ ގުޅިގެން ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ޝައުގުވެރިވާ އެހެން ގައުމުތަކާ އެކު ގްލޯބަލް ބަޔޯފިއުލް އެލަޔަންސެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމުގައެވެ. މި އެލަޔަންސްގެ މަގްސަދަކީ ދަތުރުފަތުރުގެ ދާއިރާ ހިމެނޭގޮތަށް ދެމެހެއްޓެނިވި ބަޔޯފިއުލް ބޭނުންކުރުން ހަރުދަނާކުރުމަށާއި އެއްބާރުލުން ދިނުމަށް މަގުފަހިކުރުމެވެ. އެގޮތުން މާކެޓްތައް ހަރުދަނާކުރުމާއި، ދުނިޔޭގެ ބަޔޯފިއުލްސް ވިޔަފާރީގެ މަގުފަހިކޮށްދިނުމާއި، ހަރުދަނާ ޕޮލިސީތައް ހިއްސާކުރުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ނެޝަނަލް ބަޔޯފިއުލްސް ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅާނެކަމުގައެވެ. މީގެ އިތުރުން މިހާރުވެސް ތަންފީޒުކުރަމުންދާ ބެސްޓް ޕްރެކްޓިސްތަކާއި ކާމިޔާބީގެ މައްޗައްވެސް އަލިއަޅުވާލާނެ އެވެ. ޖީބީއޭ އިން މަސައްކަތް ކުރާނީ މިހާރު ހުރި ސަރަހައްދީ އަދި ބައިނަލްއަގްވާމީ އެޖެންސީތަކާއި ބަޔޯއެނާޖީ، ބަޔޯއިކޮނޮމީ އަދި އެނާޖީ ޓްރާންސިޝަން ދާއިރާގައި ކުރިއަށް ގެންދާ އިނީޝިއޭޓިވްސްތަކާ ގުޅިގެން ކަމަށާއި އޭގެ ތެރޭގައި ކްލީން އެނާޖީ މިނިސްޓީރިއަލް ބަޔޯފިއުޗާ ޕްލެޓްފޯމާއި މިޝަން އިނޮވޭޝަން ބަޔޯއެނާޖީ އިނީޝިއޭޓިވްސް އަދި ގްލޯބަލް ބަޔޯއެނާޖީ ޕާޓްނާޝިޕް ހިމެނެއެވެ.

ގްލޯބަލް ބަޔޯ ފިޔުލްސް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރިނިއުބަލް އެނަޖީގެ އެހެނިހެން ބާވަތްތަކާއި ހިލާފަށް ބަޔޯމާސް ސީދާ ލިކުއިޑް އަދި ގޭސް ތެލަށް ބަދަލުކުރެވިދާނެ ކަމަށާއި އޭގެ ތެރެއިން އެންމެ އާންމުކޮށް އުފައްދަނީ ޕެޓްރޯލާ އެކު ބްލޭންޑް ކުރުމަށް ބޭނުންވާ އެތަނޮލް އާއި ޑީސަލްއާ ބްލެންޑް ކުރުމަށް ބަޔޯޑީސަލްއެވެ. ބަޔޯފިއުލް ވަސީލަތްތަކަކީ މައިގަނޑު ގޮތެއްގައި ކްރޮޕް ރެސިޑިއުސް، އެނިމަލް ވޭސްޓް، ކައްކާ ތެލުގެ ބާވަތްތަކާއި ކާބޯތަކެތި ފިޔަވާ ދެންހުރިބާވަތްތަކުގެ ބަޔޯމާސްއެވެ.

ފާއިތުވި 5 އަހަރުގެ ތެރޭގައި އެތަނޮލް އުފައްދާ މިންވަރު ގާތްގަނޑަކަށް ތިން ގުނައަށް އިތުރުވެފައިވާ އިރު، އިންޑިއާއަކީ މިހާރު ދުނިޔޭގެ ތިން ވަނައަށް އެންމެ ގިނައިން އެތެނޮލް އުފައްދާ ގައުމެވެ. ޕެޓްރޯލާއެކު 10 އިންސައްތަ އެތެނޮލް ބްލެންޑްކޮށް، 2025-26 ވަނަ އަހަރުގެ ނިޔަލަށް 20 އިންސައްތައަށް ވާޞިލްވުމަށް ވަނީ އަމާޒު ހިފާފައިވެއެވެ. އިންޑިއަށް ބޭނުންވާ 85 އިންސައްތަ ތެޔޮ އެއީ އެތެރެކުރާ ތެލެވެ. ދަތުރުފަތުރުގެ ދާއިރާއަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ބޮޑު ބައެއް ހިއްސާކުރާ ދާއިރާއެކެވެ.

އެހެންކަމުން 2070 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަންގެ އަމާޒަށް ވާސިލްވުމަށްޓަކައި އިންޑިއާއިން ވަނީ ފޮސިލް ފިއުލް ބޭނުންކުރާ މިންވަރުގެ ބޮޑު ބައެއް ބަޔޯފިއުލް ބޭނުންކޮށްގެން ބަދަލުކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެމިޝަން ފްރީ ނުވި ނަމަވެސް، ފޮސިލް ފިއުލްއަށް ވުރެ ބަޔޯފިއުލްގައި އެމިޝަން އިންޓެންސިޓީ ކުޑައެވެ. އެގޮތުން، 1 އޭޕްރީލް 2023 އިން ފެށިގެން ޑީސަލާއެކު ބަޔޯޑީސަލް ބްލެންޑް ކުރުން ވަނީ ލާޒިމްކޮށްފައެވެ. ގާތްގަނޑަކަށް 2000 ކްރޯޑް ރުޕީސްގެ އިންވެސްޓްމަންޓަކާ އެކު މިފަދަ 100 ޕްލާންޓް އިންޑިއާގެ އެކި ކަންކޮޅުތަކުގައި އޮންސްޓްރީމް ވާނެ ކަމަށް ބެލެވެއެވެ. އިންޑިޔާގައި ބަޔޯފިއުލްގެ ގާބިލުކަން ގާތްގަނޑަކަށް އެއް ބިލިއަން ޓަނަށް އަރާއިރު، މީގެ ފީޑްސްޓޮކް ދަނޑުތަކުން އެހާމެމަދުން ލިބޭއިރު އޭގައި ހިމެނެނީ ގާތްގަނޑަކަށް ދަނޑުވެރިކަމުގެ ބާވަތްތަކުގެ 25-30 އިންސައްތައާއި ބާކީ ބަޔަކީ މައިގަނޑު އެހެނިހެން ކުނިން ލިބޭ ސްޓޮކްއެވެ.

ގްލޯބަލް ކްލައިމެޓް ފެކްޓާގެ ސަބަބުން މި ދާއިރާގައި މުއައްޒަފުންނާއި އިންވެސްޓްމަންޓްތަކާއި ޕްރޮޖެކްޓްތައް ދަނީ ކުރިއަރަމުންނެވެ. ނެޓް ޒީރޯ އެމިޝަންއަށް އިންޑިއާ ސަރުކާރުން ބާރުއެޅުމާއި، ބައިނަލްއަގްވާމީ ޕާޓްނަރުންނާއެކު، ބަޔޯފިއުލް އިނީޝިއޭޓިވްސްގެ ސަބަބުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި އިނގިރޭސި ވިލާތުގެ ސަރުކާރާ ގުޅިގެން ހިންގާ އެންއީއީވީ ފަންޑް ފަދަ އެހީތެރިކަމުން، މި ދާއިރާއަށް ފައިސާއާއި ޓެކްނޮލޮޖީ ދައުރުވަމުންދާކަން ވަނީ ކަށަވަރުވެފައެވެ. ޖީބީއޭގެ ސަބަބުން ޓެކްނޮލޮޖީ އާއި އާލާތްތައް އެކްސްޕޯޓްކުރުމާއި ވަޒީފާ އުފައްދައި އަދި ހުނަރު ތަރައްގީ ކުރުމުގެ ގޮތުން އިންޑިއާގެ ސިނާއަތްތަކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ގްލޯބަލް ބަޔޯ ފިޔުލްސް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) ގައި އިންޑިއާއަކީ އެސޯސިއޭޝަންގެ ބައިވެރިއަކަށްވެފައި އެކަމުން އިރުތު ބާރެއް ޖީބީއޭއަށް ލިބިގެންދެއެވެ. ނެޓް ޒީރޯ އެމިޝަން ލަނޑުދަނޑިތަކަށް ވާސިލްވުމަށް މުހިންމު ބަޔޯފިއުލް އުފެއްދުމާއި ބޭނުންކުރުން ދުނިޔޭގެ ފެންވަރުގައި އެހާ ހަލުވިކަމާއެކު ކުރިއަށް ނުދެއެވެ. އައިއީއޭ އިން ދެކޭ ގޮތުގައި ދެމެހެއްޓެނިވި ބަޔޯފިއުލް އުފެއްދުން 2030 ވަނަ އަހަރާ ހަމައަށް ތިން ގުނަ އަށް އިތުރުކުރަން ޖެހޭއިރު، އާ އަދި މިހާރު ހުރި ޓްރަކްތަކާއި މަތިންދާ ބޯޓުތަކާއި އުޅަނދުފަހަރާއި ޕެސެންޖަރު ވެހިކަލްތަކުން ބޭރުކުރާ ވިހަ ގޭސްތައް މަދުކުރަން ޖެހެ އެވެ. ބްރެޒިލް، އިންޑިއާ އަދި އެމެރިކާއިން ދައްކުވައިދިން ސިޔާސަތުތަކުން ސަޕްލައި އިތުރުކުރުމުގައި ވަނީ ކާމިޔާބުވެފައެވެ. މި ތިން ގައުމަކީ ޖީބީއޭ އުފެއްދުމުގެ ފަހަތުގައި ވާ އެންމެ އިސް ގައުމުތަކަށް ވާތީ، އައިއީއޭ އިން އުންމީދު ކުރަނީ މި އެލަޔަންސުން ދުނިޔޭގެ ފެންވަރުގައި ރައްކާތެރި އަދި އަގުހެޔޮ ބަޔޮފިއުލްތައް ފޯރުކޮށްދިނުން އަވަސްކުރާނެ ކަމަށެވެ.

ހާއްސަކޮށް ދަތުރުފަތުރުގެ ދާއިރާގައި ކާބަން ބޭރުކުރާ މިންވަރު މަދުކުރުމުގައި ބަޔޯފިއުލްގެ މުހިންމުކަން އިންޑިއާއިން ދެނެގަނެ، ބަޔޯފިއުލް އުފެއްދުމަށާއި، އެތަނޮލް އަދި ބަޔޯޑީސަލް އުފެއްދުމާއި ބޭނުންކުރުމަށް ހަރުދަނާ ކުރިއެރުމެއް ހޯދުމުގައި ސިޔާސަތުތަކާއި އުސޫލުތައް މާ ކުރިން ވަނީ ތަންފީޒުކޮށްފައިއެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަކީ ދުނިޔޭގެ ފެންވަރުގައި ކޮށްގެން ނޫނީ ކާމިޔާބު ކުރެވޭނެ ކަމެއް ނޫންކަން ވެސް އިންޑިއާއަށް އެނގެއެވެ. އެހެންކަމުން، އިންޑިއާއިން އިސްނަގައިގެން، އެމެރިކާ އާއި އައިއީއޭ ފަދަ އެއް ވިސްނުމެއް ގެންގުޅުއްވާ ގައުމުތަކާއި ޖަމްއިއްޔާތަކާ މަޝްވަރާކޮށް، ބަޔޯފިއުލް އުފެއްދުމާއި، ބޭނުންކުރުމަށް މަގުފަހިކުރުމަށް ފޯރަމެއް ބޭއްވުމަށް ކަނޑައަޅައި މިދިޔަ އަހަރު ނިއުދިއްލީގައި ބޭއްވި ޖީ-20 ސަމިޓުގައި ގްލޯބަލް ބަޔޯފިއުލް އެލަޔަންސް ތައާރަފްކުރިއެވެ.