'ވިނަރެސް' ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ޕޮއިންޓުގެ ގޮތުން އެއްވަރުވި މީހުންގެ މެދުގައި ގުރުއަތު ނަގައި ލިސްޓް އާންމު ކޮށްފިއެވެ.

މާލޭގައި ރަށްވެެހިވެފައި ވާތާ 15 އަހަރުވެފައި ވާ މީހުންގެ ކެޓެގަރީން ޕޮއިންޓްގެ ގޮތުން އެއްވަރުވި މީހުންގެ މެދުގައި ގުރުއަތު ނަގާފައި ވާއިރު ޕޮއިންޓުގެ ގޮތުން އެއްވަރު ވެގެން ގުރު ނެގީ 42 ޕޮއިންޓު ލިބުނު މީހުންގެ މެދުގައެވެ.

އާބަންކޯއިން ބުނީ ފުލެޓު ހިޔާރުކުރަން ފުރުސަތު ދޭއިރު އިސްކަން ދޭނީ އެ ލިސްޓުގައިވާ ތަރުތީބުން ކަމަށެވެ.

ވިނަރެސް ފްލެޓް މަޝްރޫއުގައި ޖުމްލަ 1344 ޔުނިޓު ހިމެނެއެވެ. އެ ލިސްޓުގައިވާ ފަރާތްތަކަށް ފްލެޓު އިހުތިޔާރު ކުރުމުގެ ފުރުސަތު ދޭނީ ހިޔާ، ސީލައިފް އަދި ގުޅީފަޅު ކެޓެގަރީގެ ފަރާތްތަކުން އިހުތިޔާރު ކުރި ފްލެޓުތައް ނުހިމަނާ، ބާކީ ހުރި ޔުނިޓުތަކުންނެވެ.

އާބަންކޯ އިން ބުނީ ހިޔާ، އަދި ސީލައިފްގެ މާލީ ގާބިލުކަން އަދި ނުބެލި ހުރި އެޕްލިކޭޝަންތަކުގެ ޔުނިޓުތައް އިހްތިޔާރުކުރުމުގެ ފުރުސަތު ލިސްޓުގައި ބާކީ ތިބި މީހުންނަށް ލިބޭނެކަމަށެވެ.