ދެކުނުގެ ރަށެށްގެ ރިސޯޓެއްގައި ގަހެއް ކަނޑަނިކޮށް ގޮފިގަނޑަކުން ޖެހި މީހަކު މަރުވި މައްސަލައިގައި ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ހެނދުނު އައްޑޫ ސިޓީ ކެނެރީފް ރިސޯޓްގައި ހިނގި މި ހާދިސާގައި މަރުވެފައުވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.

'ދަ ޕްެރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ދެކުނުގެ ރަށެށްގެ ރިސޯޓެއްގައި ގަހެއް ކަނޑަނިކޮށް ގޮފިގަނޑެއް ވިއްސައިގެން ގޮސް މީހެއްގެ ބޮލުގައި ޖެހި އަނިޔާވުމާ ގުޅިގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:03 ގައެވެ.

އޭއީއެޗް އާ ހަވާލާދީ ފުލުހުން ބުނީ އެމީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައި ވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.