އައިޖީއެމްއެޗްގައި ފަރުވާދެމުން ދިޔަ ބަލިމީހެއްގެ އިނގިލިތައް ބުރިކޮށްލަން ޖެހުނީ އެ ހޮސްޕިޓަލުން ނުބައި އިންޖެކްޝަންއެއް ދިނުމުން ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން މިހެން ބުނެފައި ވަނީ ސޯޝަލް މީޑިއާގައި އެ ބަލިމީހާގެ އިނގިލިތައް ބުރިކޮށްލަން ޖެހުނީ އައިޖީއެމްއެޗްގެ އިހުމާލުން ކަމަށް ބުނެ ވާހަކަ ދެކެވެމުން ދާތީއެވެ.
މި މައްސަލައާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި އައިޖީއެމްއެޗްގައި އެޑްމިޓް ކުރި 85 އަހަރުގެ ބަލި މީހެއްގެ އިނގިލިތައް ބުރިކޮށްލަން ޖެހުނު މައްސަލައިގައި ކަން ހިނގާފައިވާގޮތް ދެނެގަނެ ބަލިމީހާއަށް ފަރުވާދިނުމުގައި ކްލިނިކަލް ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލުކޮށްފައި ވޭތޯ ހޮސްޕިޓަލުގައި އެކުލަވާލާފައިވާ މިފަދަ މައްސަލަތައް ބަލާ ކޮމެޓީން ދަނީ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެފަދަ މައްސަލަތައް ތަހުގީގު ކުރާ ކޮމިޓީގެ ހޯދުންތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް ވެސް އެ ނޫސް ބަޔާނުގައިވެއެވެ.
އެ ބަލި މީހާ މިހާރު ނިޔާވެފައިވާއިރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބަލިމީހާގެ އެއް އަތުގެ ބޮޑުވާ އިނގިލި ފިޔަވާ ހުރިހާ އިނގިއްޔެއް ވަނީ ބުރިކޮށްލާފައެވެ. އެ ބަލި މީހާ ވަނީ ކޮވިޑް 19 އަދި ޔޫރޯސެޕްސިސްއަށް ޑައިގްނޯސް ކޮށްފައެވެ.
އަދިވެސް މުސާރަ ކުޑައީކަމައްވެދާނެ ބޮޑުކޮއްލީމާ ރަނގަޅުވާނެ