ރާއްޖެ އާއި ޗާގޯސްއާ ދެމެދުން ކަނޑުގެ ސަރަހައްދުގެ އިން ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ކަނޑައަޅައިފިއެވެ.
އިޓްލޮސް އިން ނިންމާފައިވަނީ ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލުމަށް ކަމަށްވާއިރު އެ އުސޫލުގެ ދަށުން ޗާގޯސް ކަނޑުގެ ބޮޑު ސަރަހައްދެއް ލިބެނީ ރާއްޖެއަށެވެ.
މޮރިޝަސްއާއި ރާއްޖެއާާ ދެމެދު ކަނޑުގެ ސަރަހައްދުގެ މައްސަލަ ކުރިމަތި ވީ ޗާގޯސް އާކިޕެލަގޯ އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިން މީގެކުރިން ކަނޑައެޅުމުންނެވެ. އައިސީޖޭ އިން އޭރު އެގޮތަށް ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ އިހްތިސާސް އޮތް ތަނެއްތޯ ބެލުމަށް ލަފައަކަށް އެ ގައުމުން ހުށަހެޅުމުން ސެޕްޓެމްބަރު 2019 ގައެވެ. އޭރުވެސް އަދި މިހާރުވެސް ޗާގޯސްގެ މައްޗަށް ބާރު ހިންގަނީ އިނގިރޭސިވިލާތުންނެވެ. އައިސީޖޭގެ 2019 ވަނަ އަހަރުގެ ނިންމުމުގައިވާ ގޮތުން ޗާގޯސް ރަށްތަކުގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެކެވެ.
ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ހިމެނޭ ކަނޑުގެ ސަރަހައްދަކީ ދެކުނުގެ މަސްވެރިން، ހާއްސަގޮތެއްގައި އައްޑުއަތޮޅުގެ މަސްވެރިންގެ މަސްވެރިކަމަށް ވަރަށް މުހިންމު ސަރަހައްދަކަށް ވުމާއެކު، އެ ސަރަހައްދު އެހެން ބަޔަކަށް ދޫކޮށްލުމަށް އެއްބަސް ވުމަކީ ދިވެހިރާއްޖޭގެ މަސްވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ވާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ހިލާފު އުފެދިގެންދާ ސަރަހައްދަށް ބަލާއިރު އެއީ މަސްވެރިކަން ތިޔާގި ސަރަހައްދަކަށް ވުމާއި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ބާވަތްތަކުގެ ނިސްބަތަށް ބަލާއިރު 92 ޕަސެންޓް ހިއްސާ ކުރަނީ މަހުގެ ބާވަތްތައް ކަމަށް ވާތީ، އެސަރަހައްދުން ބައެއް ދިވެހިރާއްޖޭގެ ހިޔާޒަތުން ދޫވުމަކީ ރާއްޖޭގެ އިގުތިސާދަށާއި މަސްލަހަތަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.
ޗާގޯސް އައިލޭންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން މޮރިޝަސް އަށް އަންގަވާފައި ވާއިރު، މިއޮއްހާ ދުވަހު ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލާ ދިމާ އިދިކޮޅަށް ވޮލަންޓިއާ ކޮށް މޮރިޝަސް އަށް ވޯޓު ދޭން ނިންމި ސަބަބު އަދިވެސް މުޅިން ސާފު ނުވާ އިރު، ދެ ގައުމުގެ އިން ވަކި ކުރާ ހިސާބުގައި ފުށޫ އަރާ 4000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް އޮތެވެ.
މިގައުމުގެ ހާއިނުން މިތިބަ ފާޅުވަނީ