މާލޭ ރައްޔިތުންނަށް ހަދިޔާކުރުމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ހަދިޔާކުރި 15 ޓަނު ކަރާ މާދަމާ ބަހަން ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ކަރާ ބެހުމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މިހާރު 12 ޓަނުގެ ކަރާ ލިބިފައިވާ ކަމަށާ އަދި އިތުރަށް ކަރާ ލިބޭނެކަމަށެވެ. އިތުރަށް އެ އިއުލާނުގައި ބުނީ ކޮންމެ އައިޑީ ކާޑަކަށް ދެ ކަަރާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާ އައިޑީ ކާޑު ހިފައިގެން ދިއުމުން ކަރާ ލިބޭނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކަރާ ބެހުމުގެ މަސައްކަތް މާދަމާ ހެނދުނު 09:30 ން 15:00 އަށް އަދި ރޭގަނޑު 21:30 ން 00:00 އަށް ކުރިއަށް ދާނެކަމަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށާއި މެންދުރުފަހު 13:00 ން 17:00 އަށް ކަރާ ދޫކުރާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި ރަމަޟާންމަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލަށް ޗަމްޕާ ބްރަދާސްއިން އިން ލިބުނު ކާށިވެސް ބަހާފައިވާއިރު ކައުންސިލުން ބުނީ މާލެ ސިޓީ ކައުންސިލަށް މިހާރު ލިބިފައިވާ 15،000 ކާށި ބެހުން ވެސް އެ ގަޑީގައި ކުރިއަށް ދާނެކަމަށެވެ.