ފިތުރު އީދާ ދިމާކޮށް އައިޖީއެމްއެޗްގެ ހިދުމަތްތަކަށް ބަދަލު ގެނެސްފިއެވެ.

އައިޖީއެމްއެޗްއިން ބުނީ، މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި އީދު ދުވަހާއި ޖެހިގެން އަންނަ ދެ ދުވަހު (އޭޕްރިލް 21، 22 އަދި 23) ގައި އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް (އައިޕީޑީ އަދި އިމަރޖެންސީ ހިދުމަތްތަައް ފިޔަވައި) ބަންދުވާނެ ކަމަށެވެ.

އޭޕްރިލް 21، 22 އަދި އެ ގައި އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް މެދުކެނޑުނު ނަމަވެސް، ޓްރޯމާ އެންޑް އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އަންނަ ހުކުރު ދުވަހަކީ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ކަލަންޑަރުން ދައްކާ އިރު، އެ ދުވަހު ގިނަ ތަންތަނުން ދޭ ހިދުމަތް ބަންދުވާނެއެވެ. ކޮންމެ އަހަރެއްގެ އީދާ ދިމާކޮށް މި ފަދަ ބަދަލުތައް އައިޖީއެމްއެޗް އިން ގެނެސްފައި ވެއެވެ.