މިއަދު 'ދަ ޕްރެސް' ބަދިގެއިން މި ގެނެސްދޭ ޕީނަޓް ބަޓާ ޗޮކްލެޓް ބައިޓްސް އަކީ ރޯދަ ވިއްލާ ގަޑިއަށް ތައްޔާރުކޮށްލަން ވަރަށް ފަސޭހަ ފޮނިކާއެއްޗެކެވެ. މިއީ ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންނަށްވެސް ވަރަށް ކަމުދާނެ ކާއެއްޗެކެވެ. އަދި ތަންކޮޅެއް ގިނައިން ހެދުމަށްފަހު ފްރިޖްގައި ހަފްތާއެއް ވަންދެން ބެހެއްޓިއަސް މީގެ ރަހައަށް ބަދަލެއް ނައަންނާނެއެވެ.

ބޭނުންވާ ތަކެތި

  • 2 ސަމުސާ ޑާކް ޗޮކްލެޓް
  • 1/3 ޕީނަޓް ބަޓަރު
  • 1/2 1 ފުށް
  • 2 ސަމުސާ މާމުއި
  • ރަހަލާވަރުގެ ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް

ޕީނަޓު ބަޓަރު، މާމުއި، ފުށް އަދި ލޮނުކޮޅު އެއްކޮށްލުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ހުރިހާ އެއްޗެށް ރަނގަޅަށް މިކްސްވުމުން ބޭނުން ސައިޒަކަށް ގުޅަ ހަދާލާށެވެ.

ކުރިން ތައްޔާރުކުރި ޕީނަޓު ބޯލްގައި ހާކަލުމަށް ބޭނުންވަ ޗޮކްލެޓް ތައްޔާރުކުރުމަށް ތަވާއަށް ޑާކް ޗޮކްލެޓް އަޅާލުމަށް ފަހު މެލްޓް ކޮށްލާށެވެ. މެލްޓްކުރި ޗޮކްލެޓް ހިހޫވުމުން އޭގެތެރެއަށް ޕީނަޓު ބަޓަރު ގުޅަ އަޅާލުމަށްފަހު ރަނގަޅަށް ޗޮކްލެޓް ހާކާލާށެވެ. އެއަށްފަހު ޓްރޭ ތެރެއަށް ޗޮކްލެޓް ގުޅަތައް ރީއްޗަށް އަތުރާލުމަށްފަހު 30 މިނިޓް ނުވަތަ އެއްގަޑިއިރު ވަންދެން ފްރިޖްގައި ބަހައްޓާށެވެ.

ސިއްހީ ފައިދާ

މި ރެސިޕީ އަކީ ހަށިގަނޑަށް ފައިދާހުރި ފޮނި އެއްޗެއް ކާން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު ކެއުމެކެވެ. ޕީނަޓް ބަޓާ ޗޮކްލެޓް ބައިޓްސް ތައްޔާރުކުރާ އިރު ހަކުރު ބަލީގެ މާމުއިގެ ބަދަލުގައި ސުވީޓްނާ ބޭނުން ކުރެވިދާނެއެވެ. ފަހުގެ ދިރާސާތަކުން ދައްކަ ގޮތުން ޗޮކްލެޓު ބޭނުންކޮށްގެން ހަދާފައިވާ ކާއެއްޗެއް، ރޭގަނޑު ކާލުމުން އަވަހަށް ނިދާލުމަށްވެސް އެހީއަކަށް ވެގެން ދެއެވެ. އަދި ޑާކް ޗޮކްލެޓް ކެއުމަކީ ސިކުނޑީގެ ބާރު ގަދަވެ ނަފްސާނީ ގޮތުން މީހާ ދުޅަހެޔޮ ކޮށްދޭ ކެއުމެކެވެ. މީގެ އިތުރުން މި ޑިޝްގައި ހިމެނޭ ޕީނަޓް ބަޓާއަކީވެސް ހަށިގަނޑަށް ގިނަ ފައިދާތައް ލިބިގެންދާ ކާއެއްޗެކެވެ. ޕީނަޓް ބަޓާގައި ހިމެނޭ އެންމެ މުހިންމު މާއްދާ ކަމަށްވާ ނަޓްސް ކެއުމުގައި ހިމެނުމުން މީހާ އަށް ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.

މިއަދު ތައްޔާރުކޮށްލި ޕީނަޓް ބަޓާ ޗޮކްލެޓް ބައިޓްސްގައި އެކުލެވޭ އިންގްރިޑިއެންޓް ތަކަކީ މިހާއަށް ގިނަ ގޮތްގޮތުން ސިއްހީ ފައިދާތައް ލިބިގެންދާ އަދި ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ތައްޔާރުކުރެވޭނެ ކެއުމެކެވެ.