1444 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް އޭޕްރީލް 19، 2023 ވަނަ ދުވަހު (މާދަމާ) ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ގޮވާން ބެހުމުގެ މަސައްކަތް ކުރިއަށް ދާނީ މަޖީދިއްޔާ ސްކޫލްގެ "ސަލާހުއްދީން ހޯލު" ގައި ކަމަށެވެ.

ބުދަ އަދި ބުރާސްފަތި، މި ދެދުވަހު ގޮވާމުގެ ބާވަތްތައް ބަހާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން ބުދަ ދުވަހުގެ 13:00 އިން 15:15 އަށް އަދި ހަވީރު 16:00 އިން 17:30ގެ އިތުރުން ރޭގަނޑު 20:00 އިން 22:00 އަށް ކުރިއަށްދާނެ އެވެ.

އަދި ބުރާސްފަތި ދުވަހު ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްދާން ރާވާފައިވާއިރު ފުރަތަމަ ދަންފަޅި ފެށުމަށް ހަމަޖެހިފައިވަނީ 10:00 އިން 17:30 އަށެވެ. އަދި ދެވަނަ ދަންފަޅި 20:00 އިން 22:00 އަށް ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަަހަރުގެ ފިތުރު އީދު ދުވަހަކީ ކުރިއަށް އޮތް ހުކުރު ދުވަހެވެ.