އީދު ބަންދު ފަދަ ދުވަސްވަރަކީ ޗުއްޓީ ހޭދަކޮށްލަން ދިއުމަށް ދަތުރެއް ރޭވުމުގައި ގެންދާނެ ތަކެއްޗާއި ކުރާނެ ކަންކަމާއި ބަލާލަން ޒިޔާރަތްކޮށްލާނެ ތަންތަނުގެ އައިޓިނެރަރީއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމުގައި ދިވެހިން އަވަދިނެތި އުޅޭ ދުވަސްވަރެކެވެ. މިފަދަ ދަތިރެއް ރާވައިލައިގެން ތަނަކަށް ދާ އިރު، އަޔާދީ ތަކާފުލްގެ ޓްރެވަލް ޕްލޭނާ އެކު މާލީ ރައްކާތެރިކަން ހޯދޭނެ މަގު ތަނަވަސްވެފައިވާ އިރު އެ ޕްލޭނުން ލިބޭ ފައިދާ ދެނެގަތުމަކީ ބަލާލަން ރަނގަޅު ކަންކަމެވެ.

ބޭރު ގައުމަކަށް ދަތުރު ގޮސް އުޅޭ އިރު ތަފާތު ގިނަ ކަންކަމާ ކުރިމަތިލާން ޖެހޭ ފަހަރު އާދެއެވެ. އެގޮތުން ދަތުރުގައި ގެންދާ ތަކެތި ނުވަތަ ޕާސްޕޯޓު ގެއްލުމާއި ފްލައިޓު ޑިލޭވުން ނުވަތަ ފްލައިޓު ކެޓުމަކީ ދިމާވާ ކަންކަމެވެ. ޗުއްޓީ ދަތުރުގައި އުޅެނިކޮށް އަނިޔާއެއް ނުވަތަ ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަން ޖެހުމާއި އަދި ދަތުރު ރާވައި، ދަތުރަށް ތައްޔާރުވެގެން ތިއްބާ ދިމާވާ ހާލަތަކާ ގުޅިގެން ދަތުރު ކެންސަލްވާ ފަހަރުތައް ދިމާވެއެވެ.

އެލައިޑުން ބުނީ، އަޔާދީގެ ޓްރެވަލް ޕްލޭނުގައި މި ހުރިހާ ހާލަތަކަށް ރައްކާތެރިކަން ލިބޭނެ ގޮތްތަކެއް ހިމެނޭ ކަމަށާއި މިއިން ކޮންމެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމުގެ މާލީ ބުރަ އުފުލަން ނުޖެހޭނެ ގޮތަށް ދިމާވާ މަލީ ގެއްލުމުގެ ބަދަލު ލިބޭނެ ކަމަށެވެ.

އެލައިޑްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް، ޗުއްޓީއަށް ދާ ގައުމާއި ދަތުރުގެ މުއްދަތާއި އަދި ދަތުރުގެ ބައިވެރިންގެ މައުލޫމާތު ޖަހާލުމުން، އެ މަންޒިލަކަށް އެންމެ އެކަށޭނަ ޓްރެވަލް ޕްލޭނެއް ދައްކައިދޭނެއެވެ. އަޔާދީގެ ޓްރެވަލް ޕްލޭނުގައި ހިމެނެނީ 3 ގިންތިއެކެވެ. އެއީ އޭޝިއާގެ ހުރިހާ ގައުމެއް ހިމެނޭ "ކޮންޓިނެންޓަލް"، އެމެރިކާއާއި ކެނެޑާ ފިޔަވާ ހުރިހާ ގައުމެއް ހިމެނޭ "އެލީޓް" އަދި ދުނިޔޭގެ ހުރިހާ ގައުމެއް ހިމެނޭ "ވޯލްޑްވައިޑް" ގިންތިއެވެ.

މިއިން ކޮންމެ ގިންތިއެއްގައި، ކުރިން ދެންނެވި ހާލަތްތަކުގެ އިތުރުން އެހެނިހެން ހާލަތްތައް ދިމާވެގެން އުފުލަންޖެހޭ މާލީ ބުރައަށް ބަދަލު ލިބޭނެ ކަމަށް އެލައިޑުން ބުނެއެވެ. އެ ތަފްސީލުތައް އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުން ބަލައިލެވޭނެ ކަމަށާއި މިއީ ޖީބަށް ލުއި، އަދި ބައްލަވައިގަންނަން ވެސް ފަސޭހަ ޕްލޭންތަކެއް ކަމަށް އެލައިޑުން ބުނެއެވެ.

ޕްލޭނުގައި ހިމެނޭ ކަންކަމުގެ އިތުރުން، ބޭނުން ނަމަ އިތުރު ކަވަރޭޖުތަކެއް ޕްލޭނަށް އިތުރު ކުރުމުގެ ފުރުސަތު ވެސް އަޔާދީގެ ޓްރެވަލް ތަކާފުލްއިން ލިބޭނެއެވެ. އެގޮތުން ދަތުރުގައި ގެންދާ ނަގުދު ފައިސާ ގެއްލުން، ވިންޓާ ސްޕޯޓްސް އަދި ގޮލްފް ފަދަ ކުޅިވަރުތައް ކުޅެން ރާވާފައިވާ ޕްލޭންތައް ކެންސަލް ވުން، ސިޔާސީ ހަމަނުޖެހުމެއް ނުވަތަ ގުދުރަތީ ކާރިސާއަކާ ގުޅިގެން އިވެކުއޭޓުކުރަން ޖެހުން، ނުވަތަ ކޮވިޑް-19 ޖެހިގެން ކުރަންޖެހޭ ސިއްހީ ފަރުވާ އާއި ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީއެއްގައި ދުވަސް ހޭދަކުރަން ޖެހުން ފަދަ ކަންކަން ޕްލޭނަށް އިތުރުކުރެވޭނެއެވެ.

ނިޔާމަ އަދި ރައްކާތެރި ޗުއްޓީއެއް ހޭދަކޮށްލުމަށް، ދަތުރުގެ ޕްލޭންގައި އަޔާދީގެ ޓްރެވަލް ޕްލޭނެއް ކޮންމެހެން ވެސް ހިމަނާލުމަކީ މުހިއްމު ކަމެކެވެ.