ތައިލެންޑް އަށް ނިސްބަތްވާ ޕައިން އެޕަލް ފްރައިޑް ރައިސްއަކީ އޭގައި މަޑު ފޮނި އަދި މަޑު ކުޅި ރަހައެއް ދޭ މީރު ކެއުމެކެވެ. ރޯދަ ވީއްލާ ވަގުތުގެ އިތުރުން ހާރު ދަމު ކެއުމަށްވެސް މި ކެއުން ތައްޔާރު ކުރެވިދާނެއެވެ. މި ކެއުން ތައްޔާރު ކުރުމަށް އަލަނާސީގެ ގޮތުގައި ބޭނުން ކުރުން އެންމެ ރަނގަޅު ވާނީ މާ ބޮޑަށް ފާ ނުވާ އަލަނާސިއެވެ.
ޕައިން އެޕަލް ފްރައިޑް ރައިސް ތައްޔާރު ކުރާއިރު މަހުގެ ބާވަތެއް ބޭނުން ކުރަން ބޭނުންވާ ނަމަ ކުކުޅު ނުވަތަ ޕްރޯންސް ބޭނުން ކުރެވިދާނެއެވެ.
ބޭނުންވާ ތަކެތި
- 1 ޖޯޑު އަލަނާސި (ކިއުބްކޮށް ކޮށާފައި)
- 1 ފިޔާ (ކިއުބްކޮށް ކޮށާފައި)
- 2 ލޮނުމެދު
- 1/2 އިންޗި އިނގުރު
- 1/4 ޖޯޑު ކެޝޫ ނަޓްސް
- 3 މޭޒުމަތީ ސަމްސާ ތެޔޮ
- 2 ޖޯޑު ބާސްމަތީ ހަނޑޫ (ކައްކާފައި)
- 1/4 ޖޯޑު ގްރީން ޕީސް
- 1/4 ޖޯޑު ކެރެޓް (ކިއުބްކޮށް ކޮށާފައި)
- 1/2 މޭޒުމަތީ ސަމްސާ ސޯޔާ ސޯސް
- 1 ސައިސަމްސާ ޑާކް ސޯޔާ ސޯސް
- 1/2 ސައިސަމްސާ ސެސަމީ ތެޔޮ
- 1/4 ސައިސަމްސާ އަސޭމިރުސް
- 1/2 ޖޯޑު ކޮރިއަންޑާ ފަތް
- 1-2 މިރުސް (ގްރީން ޗިލީ)
- ލޮނު (ރަހަލާ ވަރަށް)
ތައްޔާރު ކުރާނެ ގޮތް
ތެއްޔަކަށް ތެޔޮ ފޮދު އަޅާ ހޫނު ކޮށްލުމަށްފަހު އަަލަނާސި އެޅުމަށްފަހު ވަޅޯ ވަންދެން ހަނާކޮށްލާށެވެ. ތެލިން އަލަނާސި ކޮޅު ނެގުމަށްފަހު ކެޝޫ ނަޓް ތެއްޔަށް އެޅުމަށްފަހު މަޑު މުށިކުލަ އަރަންދެން ހަނާ ކޮށްލާށެވެ. ތައްޔާރު ކުރި އަލަނާސި އަދި ކެޝޫނަޓް އެއް ފަރާތުގައި ބަހައްޓާލާށެވެ.
އެއަށްފަހު ތެއްޔަށް ތެޔޮ އެޅުމަށްފަހު ފިޔާ، ލޮނުމެދު، އިނގުރު އަދި މިރުސް އެޅުމަށްފަހު 1-2 މިނަޓް ވަންދެން ކައްކާލާށެވެ. ދެން ގްރީން ޕީސް، ކެރެޓް އެޅުމަށްފަހު 2-3 މިނަޓް ވަންދެން ކައްކާލާށެވެ. ދެން އޭގެ ތެރެއަށް ކައްކާފައި ހުރި ހަނޑޫ އެއްކުރުމަށްފަހު ޑާކް ސޯޔާ ސޯސް، ލޮނު، އަސޭމިރުސް، ސޯޔާ ސޯސް، އަލަނާސި އަދި ކެޝޫނަޓް އެޅުމަށްފަހު އެއްކޮށްލާށެވެ. އަދި އުނދުން މަތިން ތެލި ބޭލުމަށްފަހު ކޮރިއަންޑާ ފަތް އަޅާ އެއްކޮށްލާށެވެ.
ބޭނުން ނަމަ ބަތުގެ ތެރެއަށް ލުނބޯ ހުތް ކޮޅެއް ވެސް ޖެހިދާނެއެވެ.