ތޮއް ޖެހެމުންދާ މާލެ ސަރަހައްދުގައި ކަރަންޓެކޭ އެއްގޮތަށް ފެނަކީ ވެސް ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ އަދި ބައިބޯވަމުންދާ މި ސަރަހައްދަށް ކެޕޭސިޓީ ވެސް އިތުރު ކުރަން ޖެހޭ ހިދުމަތެކެވެ. ފެން ކުންފުންޏަކީ ރާއްޖޭގެ ރައްޔިޔުންނަށް ސާފު ފެން ފޯރުކޮށްދޭ ކުންފުންޏަށް ވާ އިރު އެ ކުންފުނިން މާލެ ސަރަހައްދުގައި ކެޕޭސިޓީ އިތުރު ކުރުމަށް އަންނަނީ ބޮޑު ތައްޔާރީއެއް ވަމުންނެވެ.

ރާއްޖެ ޓީވީ ފަަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެެސްސީގެ އެމްޑީ ހަސަން ޝާހް ވިދާޅުވީ، ރޯދަ މަހު މާލޭގައި ބޭނުން ކުރާ ފެނުގެ އަދަދު 20،000 ކިއުބިކް މީޓަރަށް އަރާ ކަމަށާއި އަދި ހުޅުމާލޭގައި ފެން ބޭނުން ކުރާ އަދަދު 11،000 ކުއުބިކް މީޓަރަށް އަރާ ކަމަށެވެ.

ރޯދަ މަހާއި އަދި ކޮންމެ އަހަރެއްގައި ވެސް ދިމާވާ އެންމެ ހޫނު ގަދަ ދުވަސްވަރާ ދިމާކޮށް ފެނުގެ ޑިމާންޑް ބޮޑުވާނެ ކަން އިނގޭތީ ފެން އުފެއްދުމުގެ ކެޕޭސިޓީ މާލެ އާއި ހުޅުމާލެގައި އިތުރުކޮށްފައިވާ ކަމަށް ޝާހް ވިދާޅުވިއެވެ. އެގޮތުން ޕާލާންޓަތައް އިންސްޓޯލް ކުރުމާއި ޕްލާންޓްތައް އަޕްގޭރޭޑް ކުރުމާއި މެމްބްރޭންތައް ބަދަލު ކުރުމާއި ތާނގިތައް އިތުރުކުރުން އަދި ތާނގިތަކުގައި ފެން ރައްކާކުރާ މިންވަރު އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނުގެ ރިސާވެއް ބިލްޑު ކުރުމަށް ކުރާ މަސައްކަތުގައި މާލޭގައި ހުރި ކުރީގެ އެސްޓީއޯ ރެޑީމިކްސް ބިން، 378 ނަންބަރު ކޮށި، ވަނީ ރައީސް އޮފީހުން އެ ކުންފުންޏަށް ދީފައި ކަމަށް ޝާހް ވިދާޅުވިއެވެ. އެ ބިމުުގައި 13000 ކިއުބިކް މީޓަރުގެ ދެން ފެން ތާނގި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހާ ބޮޑު ދެ ތާނގި އެ ބިމުގައި ބަހައްޓާން ނިންމާއިރު، އެ ތާނގީގެ ޑިޒައިންއަކީ އެހެންބައެއްގެ ހިޔާލު ހޯދައިގެން ހަދާފައި ޑިޒައިނެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު އެ ޑިޒައިނާ އެއްގޮތަށް ޕައިލް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ޝާހް ވިދާޅުވިއެވެ.

13000 ކިއުބިކް މީޓަރުގެ ދެ ފެންތާނގި ބެހެއްޓުނީމާ މާލޭ ސަރަހައްދު ހިމެނޭ ހެން، ގުޅީފަޅާއި މާލެ އާއި ތިލަފުށި އަދި ހުޅުމާލޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ރައްކާތެރިކަން އިތުރު ކުރެވި ބެކްއަޕް އިތުރު ކުރެވިގެން ދާނެ ކަމަށް ޝާހް ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ވުޖޫދަށް އައިސްފައިވާ ގާނޫނުގައި ބުނާގޮތުން ކުރިއަށް އޮތް 5 އަހަރުތެރޭ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފެން އުފައްދަންވާނީ އިޔާދަ ކުރަނިވި ހަކަތަ ބޭންންކޮށްގެން ކަމަށް ވާތީ މިހާރު އެ މަސައްކަތަަށް އިންވެސްޓް ކުރަމުން އަންނަ ކަމަށް ޝާހް ވިދާޅުވިއެވެ. އެ ގޮތުން ޖަޕާނުގެ ކުންފުންޏަކާއި ދިވެހި ކުންފުންޏަކާ ގުޅިގެން ކ. ގުޅީފަޅުގައި 1.5 މެގަވޮޓްގެ ރިނިއުވަބަލް އެނާޖީ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދާ ކަމަށް ޝާހް ވިދާޅުވިއެވެ.

އިއާދަކުރުވަނިވި ހަކަތަ މެދުވެރިކޮށް ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ އެ މަޝްރޫއުއަކީ ޖަޕާނުގެ ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ސެންޓާ ފައުންޑޭޝަން އާއި ހިޓާޗީ ޒޯޝެން އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސްއިން ފަންޑް ކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

އެމްޑަބްލިޔުއެސްސީއިން ބުނެފައި ވަނީ އަމާޒަކީ އެ މަޝްރޫއުގެ ސަބަބުން ކުންފުނިން ދެމުންގެންދާ ޔޫޓިލިޓީ ހިދުމަތް ފޯރިކޮށްދިނުމުގައި އަދި އޮޕަރޭޝަން ތަކުގައި އިއާދަކުރެވޭ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރު ކުރުމާއިއެކު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތައާރަފްކޮށް އީޖާއީ ކުންފުންޏަކަށް ވުމަށް ކަމަށެވެ.