ބީއެމްއެލް އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލް އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން، ކަސްޓަމަރުން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ލިބުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ގައި އެމެރިކަން އެކްސްޕްރެސް ކާޑުތަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމާލަތެއް މި ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރި ކުރެވޭނެ ކަމަށެވެ. މި ގޮތުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް، އެ ކަސްޓަމަރުން ކުރި މުއާމަލާތުގެ އަދަދު އަނބުރާ ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދަނީ އަންނަ އެޕްރީލްމަހުގެ ނިޔަލަށެވެ.

ބީއެމްއެލް އަކީ 325،000 އަށް ވުރެ ގިނަ ކަސްޓަމަރުން ހިމެނޭ 7،900 އަށް ވުރެ ގިނަ މާޗެންޓުންނާ އެކު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބީއެމްއެލް އަކީ ރައްޖޭގައި ހަމައެކަނި އެމެރިކަން އެކްސްޕްރެސް ކާޑު އަދި އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ބޭންކެވެ.