މާލޭގެ ފުޑްބޭންކް މިލޭނިއަމް އިން 10 މީހަކަށް ރޯދަ ވީއްލުން ބުކް ކޮށްގެން 1 ފަރާތަކަށް ރޯދަ ވީއްލުން ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރޯދަ މަސް ނިމެންދެން މި ޕްރޮމޯޝަން ކުރިއަށް ގެންދާން ހަމަޖައްސާފައި ވާ އިރު އެކި ރަހަތަކަށް ހާއްސަކޮށް 3 މެނޫ އެއް އެކުލަވާލާފައި ވެއެވެ. އަދި މި ތިން މެނޫގެ ތެރެއިން ބޭނުން ކޮންމެ މެނޫ އަކުން ބުކިންގް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ރެސްޓޯރެންޓުން ބުންޏެވެ.

އެގޮތުން ބޮލަކަށް 180 ރުފިޔާގެ މެނޫއަކާއި ބޮލަކަށް 199 ރުފިޔާގެ މެނޫއެއްގެ އިތުރުން ބޮލަކަށް 245 ރުފިޔާގެ މެނޫއެއް ވަނީ އެކުލަވާލާފައެވެ. މީގެ އިތުރުން ޑެލިވަރީ އަދި ޓޭކްއަވޭ އަށް ހާއްސަ މެނޫ ތަކެއްވެސް ވަނީ މި ރޯދަމަހަށް ހާއްސަކޮށްގެން ފުޑް ބޭންކުން ތައާރަފް ކޮށްފައެވެ.

ރޯދައަށް ހާއްސަ ފުޑްބޭންކްގެ މެނޫ

އެގޮތުން 4 ޕެކޭޖެއް ވަނީ ޑެލިވަރީ އަދި ޓޭކްއަވޭ އަށް ހާއްސަ ކޮށްފައެވެ. "ތަންދޫރީ ޕެކޭޖް 1" ގައި ޖުމްލަ ތިން މީހެއްގެ ޕޯޝަން 260 ރުފިޔާއަށް ލިބޭއިރު "ތަންދޫރީ ޕެކޭޖް 2" އަދި "ތަންދޫރީ ޕެކޭޖް 4" ގައި ދެ މީހެއްގެ ޕޯޝަން 160 ރުފިޔާ އަށް ލިބޭނެއެވެ. މީގެ އިތުރުންވެސް "ތަންދޫރީ ޕެކޭޖް 3" ގައި އެކެއްގެ ޕޯޝަން 99 ރުފިޔާއަށް ލިބޭނެއެވެ.

އަދި ހާރުދަމަށް ހާއްސަކޮށް 75 ރުފިޔާގެ ޕެކޭޖެއްގެ އިތުރުން 275 ރުފިޔާގެ ޕެކޭޖެއްވެސް ވަނީ ތައާރަފު ކޮށްފައެވެ. ކޮންމެ ދުވަހެއްގެ ވެސް 15:00ގެ ކުރިން ރޯދަ ވީއްލުމަށް ބުކިންގް ހަދަން ޖެހޭނެ ކަމަށާއި އަދި ހާރުދަމަށް ދަންވަރު 01:00 ގެ ކުރިން ބުކިންގް ހަދަން ވާނެ ކަމަށް ފުޑް ބޭންކުން ބުންޏެވެ.

ފުޑް ބޭންކް ރެސްޓޯރެންޓްގެ ހާރުދަމު މެނޫ

ބުކިން ހެއްދުމަށް 3307770 ނުވަތަ 3323665 ނަންބަރަށް ގުޅުމަށް ފުޑް ބޭންކުން ވަނީ އެދެފައެވެ. މީގެ އިތުރުންވެސް 7287770 އަށް ވައިބާ މެދުވެރިކޮށް މެސެޖްކޮށްގެން ވެސް ބުކިންގް ހެދޭނެ ކަމަށް ބުންޏެވެ.

ފާއިތުވި އަހަރުވެސް ފްޑް ބޭންކުގެ މީރު ރަހަތަކަށް ލިބުނު ތަރުހީބު ބޮޑުވެގެން ދިޔަ އިރު މިއަހަރުވެސް އެ މީރު ރަހަތަށް އެބަހުއްޓެވެ. އަވަހަށް ބިކިން ހަދާލާށެވެ.