ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާ ކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
މި ކަމާ ގުޅިގެން ފުލުހުން ބުނީ މަޑަވެލީގައި އަންހެނަކަށް އަނިޔާ ކުރި މައްސަލައެއް މިއަދު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން 33 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައި ވާއިރު އަނިޔާ ލިބުނު އަންހެން މީހައަށް ދަނީ އެ ރަށުގެ ހެލްތް ސެންޓަރުގައި ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާގެ އަތުގައި ހިފާ ގެއިން ބޭރަށް ނެރެ ވައްޓާލައި ގައިގައި ޖަހާ އަތުގައި ހިފައިގެން ދަމާފައި ގެންދާ މަންޒަރު ފެނެއެވެ. އެގޮތަށް ގެންދަމުންވެސް 1 ފަހަރު ޖަހާތަން ފެނެއެވެ. އެ ސަރަހައްދަށް ގިނަ އަދަދެއްގެ އަންހެންވެރިން ޖަމާވެފައި ތިބިތަން ފެންނަ އިރު ބައެއް މީހުން އެކަމަށް ހުރަސް އަޅަން މަސައްކަތް ކުރި ނަމަވެސް އެމީހުންނަށް ކައިރިވާން ނުކެރިފައި ތިބިކަމަށް ބެލެވެއެވެ.
އެ ފިރިހެން މީހާ އަންހެން މީހާގެ އަތުގައި ހިފާ ބިންމަތީގައި ދަމަމުން ލައްކަ ހިސާބަށް ގެންދިޔަ ފަހުން މާ ދުރުން ދުވެފައި އައި ފިރިހެނަކު އޭނާ ހުއްޓުވައެވެ. އޭނާގެ ގައިގައި އޮޅުލައިގަނެ ހުއްޓުވަނިކޮށް އިތުރު ފިރިހެނަކުވެސް އާދެއެވެ. އެވަގުތު އަންހެނުންނާ އެކު ހުރި އުމުރުން ދުވަސް ވީ ފިރިހަނަކު އޭނާ އާ ދިމާއަށް އެއްޗެއް ބުނާތަންވެސް ފެނެއެވެ.
ފުލުހުންނަށް އެ ތަނަށް އާދެވެނީ އެހުރިހާ ކަމެއް ހިނގާފަހުންނެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ކައުންސިލްގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ފުލުހުންނަށް އެ ތަނަށް އާދެވެނީ އެހުރިހާ ކަމެއް ހިނގާފަހުންނެވެ. ވަރަށް ސޮޑުމޯލި ނޫސް ވެރިކަމެއް. ހީވަނީ އެކަންހިގާ ވަގުތު އެތާ ތިބެންޖެހޭ ފުލުހުން ތަކަކަށް ކަން ނިމުނުފަހުން އާދެވުނީހެން.