ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ، ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޝޮހެދް އުއްލާ (33އ) އެވެ. މިއީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި، އަދި މިހާރުވެސް ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ބިދޭސީއެކެވެ.

އެގޮތުން ޝޮހެދްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު، 9792039 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޯޓުން ބަލަމުންދާ އެކި އެކި މައްސަލަ ތަކުގެ އިތުރުން ފުލުހުން ތަހުގީގު ކުރަމުންދާ އެކި މައްސަލަތަކުގައި ވެސް މީގެ ކުރިން މީހުން ހޯދުމަށް އިއުލާން ކޮށްފައި ވެއެވެ.