ވިލިމާލެއިން ގެއްލިގެން ހޯދަމުންދޮޔަ 13 އަހަރުގެ ކުއްޖަާ ފިނިއްޖެއެވެ.

ފުލުހުން ބުނީ، އެކުއްޖާ ގެއްލިގެން ހޯދަމުންދަނިކޮށް ހުޅުމާލެއިން ފެނިފައިވާ ކަމަށާއި އަދި އެކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 17 ވަނަ ދުވަހުގެ 01:33 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ގެއްލިގެން ހޯދަން ފެށީ 17 ވަނަ ދުވަހުގެ އިރުއޮއްސި 7:30 ހާއިރުއެވެ. މިގޮތުން އޭނާ އުޅޭ ގޭގެ ކަންމަތީގައި ހުންނަ ފިހާރައަށް ދަނީ ކަމަށް ބުނެފައި އޭނާ ނިކުތްގޮތައް ހަބަރެއް ނުވާ ކަމަށް އެކުއްޖާގެ އާއިލާ އާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މީގެ އިތުރުން އޭނާގެގެ ފޯނަށް ރޭ އިރާކޮޅު ގުޅުނު ނަމަވެސް ފަހުން ފޯނު އޮތީ ނިއްވާލާފައި ކަމަށް އާއިލާއިން ބުނެއެވެ.