މާލޭގެ ގެއެއްގެ ބެލްކަނިން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެއެވެ.

ހ. ގެއެއްގެ ފަސްވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓި މަރުވީ އުމުރުން ހަތަރު އަހަރުގެ ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ 12:30 ހާއިރުއެވެ. އެކުއްޖާ މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ 2:00 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މި ހާދިސާ އާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުވެއެވެ.