ނައިބު ރައީސް ފައިސަލް ނަސީމް, ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލު ކުރައްވަން ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމްއާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ.
ނައިބު ރައީސް، މިއަދު ގާސިމް އާ ބައްދަލުކުރައްވާފައި ވާއިރު އިއްޔެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ގާސިމް އާ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން ދާދި ފަހުން ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާ ވެސް ބައްދަލު ކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލު ދެއްވުމަށް ގާސިމް ވަނީ ދެކޮޅު ހައްދަވާފައެވެ.
ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ ކެނޑިޑޭޓުކަމުގެ އިތުރުން ކޯލިޝަން ހެދުމުގެ ބާރު ގާސިމްއަށް ދިނުމަށް އެދި ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ހުށަހެޅުއްވި ގަރާރު ވަނީ ފާސްކޮށްފައެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކެނޑިޑޭޓަކު ނުކުތުމާމެދު ނުވަތަ އެހެން ރިޔާސީ ކެނޑިޑޭޓަކާއެކު ކޯލިޝަން ހެދުމާމެދު ގޮތް ނިންމާފައެެއް ނުވެއެވެ.
"ދަ ޕްރެސް" އިން ހެދި ޕޯލްއިން ދައްކާގޮތުގައި ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ފައިދާ ބޮޑީ ގާސިމް އިބްރާހިމް ވަކިން ވާދަކުރައްވައި ގެންނެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވާއިރު މިހާތަނަށް އެ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޝީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
ރައީސް ސޯލިހާއެކު އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ވަނީ ކޯލިޝަން ހަދާފައެވެ.
އެގިފަވާގޮތުން އެމްޑީއޭގެ 3ބައިކުޅަ 1 ބައިވެސްވޯޓްނާޅާނެ އަދާލަތުގެ ވެސް 3ބައިކުޅައެއްބައިވެސް ވޯޓެއްނާޅާނެ އެއީއެޕާޓީގެ ރައިސްގެ އަމަލުތައްހުންނަގޮތުން މެމްބަރުން ވަރައްރުޅިއައިސްފަތިބެނީ