ސިއްހީ ފަރުވާއަކީ ނިސްބަތުން އެންމެ އަގުބޮޑު އެއް ހިދުމަތަށް ވާ އިރު، ރާއްޖޭގައި މަސައްކަތްކުރުމަށް ބޭރުން ގެންނަ މަސައްކަތްތެރީންނާއި މުވައްޒަފުން އެ ބުރައިން ސަލާމަތް ކުރުމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ލާޒިމުކޮށްފައި އޮންނަ ކަމެކެވެ. އެ މީހުންނަށް މެޑިކަލް އިންޝުއަރަންސް ޕްލޭނެއް ނެގުމުން މުވައްޒަފަށާއި ކުންފުންޏަށް ވެސް ފައިދާ ކުރެއެވެ. މުވައްޒަފަށް، މާލީ ބުރައަކުން ސަލާމަތްވުމެވެ. ބޮސްއަށް، ސްޓާފުގެ ދުޅަހެޔޮކަމާއި ހެޔޮ ހާލު ކަށަވަރުކޮށް، އޭނާގެ މަސައްކަތުން ފައިދާ ހޯދުމެވެ.

އެލައިޑްގެ "އެކްސްޕެޓް ޕްލަސް" ޕްލޭނަކީ ބިދޭސީ މުވައްޒަފު ހޯދާ އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ހިދުމަތްތަކަށް ވެސް ކަވަރޭޖު ދޭ ޕްލޭނެކެވެ. އަދި ރާއްޖޭގައި ހުއްޓާ މަރުވެއްޖެނަމަ ރާއްޖޭގައި ވަޅުލުމުގެ ހަރަދު ނުވަތަ އެދެނީ ނަމަ، ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލުމުގެ ހަރަދުތައް ދޭ ރިޕެޓްރިއޭޝަން ކޯސްޓް ވެސް މީގައި ހިމެނެއެވެ.

"އެކްސްޕެޓް ޕްލަސް"އަކީ ޖީބަށް ލުއި ޕްލޭނެކެވެ. މުވައްޒަފަކަށް ޕްރީމިއަމްގެ ގޮތުގައި އަހަރަކު އެންމެ 800 ރުފިޔާ ދައްކައިގެން އެ އަހަރުގެ ތެރޭގައި 100,000 ރުފިޔާގެ ހަރަދު މީގެން ހަމަޖައްސައިދެއެވެ. އެގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއި އެތަނުގެ ހިދުމަތްތަކާއި ތަކެއްޗާއި އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތުގެ ހަރަދާއި (އޯގަން ޓްރަންސްޕްލާންޓް ފިޔަވާ) ސަރޖަރީއެއް ހަދާ އިރު އެކަމުގެ ހަރަދުތަކާއި އެހެނިހެން ފައިދާތައް ލިބޭނެއެވެ.

އައުޓްޕޭޝަންޓް ހިދުމަތްތަކަށް އަހަރަކު ބޭނުންކުރެވޭނީ ބޮލަކަށް 2,000 ރުފިޔާއެވެ. އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ބޭސް ސިޓީގެ ހަރަދުތަކާއި އެމްބިއުލާންސް ފީ ހިމެނެއެވެ.

މަސައްކަތްތެރީންގެ ސިއްހީ ދުޅަހެޔޮކަމަކީ އޭނާއާ މެދު ޒިންމާދާރުވާން ޖެހޭ އެމްޕްލޯޔަރުގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ. އެހެން ކަމުން އެ މުވައްޒަފުން ބަލިވެ ވަރުދެރަވެ އުޅުނަސް ފައިސާ ނެތިގެން ސިއްހީ ފަރުވާ ނުކޮށް އުޅެންޖެހޭ ހިސާބަށް ކަންކަން ދިޔަ ނުދެމާތޯއެވެ. އަދި މުވައްޒަފުންނަށް ނަގައިދޭ ޕްލޭންގެ މުއްދަތު ހަމަވުމުން އަލުން އާކޮށްދޭން ވެސް ހަނދާން ބަހައްޓަން ވާނެއެވެ.

"އެކްސްޕެޓް ޕްލަސް"ގެ އެންމެ ހާއްސަ އެއް ސިފައަކީ އެލައިޑްގެ އިތުރު ބައެއް ހިދުމަތްތަކެކޭ އެއްގޮތަށް މިއީ އޮންލައިންކޮށް އެދެވޭ ހިދުމަތަކަށް ވާތީއެވެ. އެލައިޑްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު "އެކްޕެޓް ޕްލަސް" ޕްލޭނު މުވައްޒަފަށް ޓަކައި ނަގައިދެވޭނެއެވެ. އެންމެ ފުރަތަމަ ވަޒީފާ ދޭ ފަރާތް (އަމިއްލަ ފަރުދެއް ވިޔަސް، ކުންފުންޏެއް ވިޔަސް، އިދާރާއެއް ވިޔަސް) އެތަނެއްގެ މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު ދެން މުވައްޒަފުގެ މައުލޫމާތު އެންޓަރ ކޮށްލާނީއެވެ. ނުވަތަ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ނަމަ އެންމެންގެ ނަންތައް އެއްފަހަރާ ވެސް ސަބްމިޓް ކޮށްލެވޭނެއެވެ.

ރާއްޖޭގެ އިގްތިސާދު ހިންގުމަށް ބިދޭސީ މުވައްޒަފުންގެ އެހީއާއި އެއްބާރުލުން ވެސް ބޭނުންވާ ހިނދު، އެމީހުންނަށް ކަންކަން ފަހިކޮށްދޭން ވާނެއެވެ. އިންޝުއަރަންސް ކަވަރެއް މެދުވެރިކޮށް ސިއްހީ ފަރުވާ ކަށަވަރުކޮށްދިނުމަކީ މިފަދަ ވަރަށް މުހިންމު އެއް ފިޔަވަޅެވެ.