ޑިޒްނީ އިން ގެނެސްދޭ "ޕީޓާ ޕޭން އެންޑް ވެންޑީ" ޓްރެއިލާ އާންމުކޮށްފިއެވެ.

ނަވަރާސަތޭކަ ފަންސާސް ތިން ވަނަ އަހަރު ޑިޒްނީ އިން ގެނެސްދިން "ޕީޓާ ޕޭން" ކާޓޫންގެ އަސްލަކަށް ބިނާކޮށް ލައިވް އެކްޝަން ފިލްމު ގެނެސްދޭއިރު މި ފިލްމުގެ ޓްރެއިލާ އިން ޝައުގުވެރި އެތައް ކަމެއް ފެނިގެންދެއެވެ. ވެންޑީ އޭނާގެ ކުޑައިރުގެ ގެ ދޫކޮށްފައި ދާން ބޭނުންނުވާ މަންޒަރު ޓްރެއިލާ އިން ފެނިގެންދާއިރު ވެންޑީ ބޮޑު ނުވެ ކުޑަކުއްޖެއްގެ ގޮތުގައި އަބަދު އުޅެން ބޭނުންވާ މަންޒަރުވެސް ފެނިގެންދެއެވެ.

ހަޔާތް އެގޮަތަށް ވޭދުކުރަމުން ގޮސް ވެންޑީ އަށް ޕީޓާ ޕޭން އާއި ފެއަރީ ޓިންކާ ބެލް އާ ދިމާވެ ވެންޑީ އޭނާގެ ދެ ކޮއްކޮ ގޮވައިގެން ޓިންކާ އާއި ޕީޓާ ޕޭންގެ އެހީގައި ނެވާލޭންޑަށްދެ އެވެ. ނެވާލޭންޑަށްދާ މަގުމަތީ ނުލަފާ ޕައިރެޓެއް ދިމާވެގެން ދިމާވާ ކަންތައްތައް ވެސް ޓްރެއިލާ އިން ވަނީ ފެނިގެން ގޮއްސައެވެ.

އޭޕްރީލް 28 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ޑޭވިޑް ލޯވަރީ ޑައިރެކްޓްކޮށް ޑޭވިޑް އާއި ޓޯބީ ހޯލްބްރޫކްސް ސްކްރީންޕްލޭ ލިޔުނު ފިލްމެކެވެ. ފިލްމުގައި ފެނިގެންދާ ކެރެކްޓަރުން ކަމަށްވާ ޕީޓާ ގެ ރޯލު އަދާކޮށްފައިވަނީ އެލެކްޒެންޑާ މޮލޯނީ އެވެ. އަދި ވެންޑީގެ ރޯލު އަދާކުރީ އެވާ އެންޑާސަން އެވެ. އަދި ޓިންކަބެލްގެ ރޯލް ޔަރާ ޝަހީދީ ވަނީ ކުޅެފައެވެ.