އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމުގެ ވެރިކަމެއްގައި ރޯދަ ހިފާ ޢުމުރުގެ އެންމެންނަށް ރޯދަ މަހުގެ އިނާޔަތް ލިބޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.
ރޭ އެމްއެންޕީ "ނާޒިމް ބުނަނީ ކީކޭ؟" ނަމުގައި ކްލަބް ހައުސްގައި ބޭއްވި އިވެންޓުގައި ވިދާޅުވީ، ރޯދަ އިޔަތަކީ ހަމައެކަނި ވަޒީފާ އަދާކުރާ މީހުންނަށް ދޭންޖެހޭ އެއްޗެއްގެ ގޮތުގައި އޮންނަ އޮތުމަކީ ވަރަށް ބޮޑު ތަފާތު ކުރުމެކެވެ.
އެގޮތުން އެ ތަފާތު ނައްތާލައި، ރޯދަ އިނާޔަތަކީ ހަމަހަމަ ކަމާއެކު ދެވޭ އެއްޗަކަށް ހަދައި، ރޯދަ ހިފާ އުމުރުގެ ހުރިހާ އެންމެންނަށް އެ އިނާޔަތް ލިބޭގޮތް ނާޒިމްގެ ވެރިކަމެއްގައި ފުރަތަމަ ކުރާ ކަންތަކުގެ ތެރޭގައި ހިމަނުއްވާނެ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީއަކީ 2،83،000 މީހުން ކަމަށް ވާއިރު، މީހަކަށް 3،000 ރުފިޔާ ދިނުމަށް ހަރަދުވާނީ 1 ބިލިއަނަށް ވުރެ ކުޑަ އަދަދެއް ކަމަށާއި ދައުލަތުގެ އާމްދަނީ އަށް މަހަކު 1 ބިލިއަން ރުފިޔާއަށްވުރެ ގިނައިން ލިބޭއިރު، ރޯދަ ހިފާ އުމުރުގެ އެންމެންނަށް އަހަރަކު އެއްފަހަރު ދޭ މި އިނާޔަތް ދިނުމަށް ދައުލަތުގެ އެއް މަހުގެ އާމްދަނީން އެކަން ކުރެވޭނެ ކަމަށެވެ.
ރޯދަ އިނާޔަތަކީ ކޮންމެ ރޯދަ އަކާ ދިމާކޮށް މުސްލިމު މުވައްޒަފުންނަށް ދޭ އިނާޔަތެކެވެ. ރޯދަ އިނާޔަތުގެ ގޮތުގައި ދޭން ޖެހެނީ ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާއެވެ.
ރޯދަމަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ކެނޑޭ މުވައްޒަފުން ވަޒީފާ އަދާ ކުރި ދުވަހަށް ޖެހޭ ފައިސާ ކަނޑާފައި ބާކީ އެ މުވައްޒަފެއްގެ އަތުން ހޯދަން ވެސް ޖެހެއެވެ. އަދި އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން އެލަވަންސް ދިނުމުން ފުދޭނެ ކަމަށްވެސް ފިނޭންސުން ބުނެއެވެ.
ވެރިކަން ބޭނުމަސް ވާވަރުން ކިޔާތި... އެކޮއެ ލައިނުގަނެގެން ނޫޅެބަލަ. ފޫބައްދަން ވާނެ