މުޅި ޔޫރަޕްގައި ވެސް ރޭލު އެކްސިޑެންޓް އެންމެ ގިނަ ގައުމު ކަމަށް ރެކޯޑް ކުރެވިފައިވަ ގްރީސްގައި ދެ ރޭލު މުޑިއަރާ ހިނގި ހާދިސާގައި މިހާތަނަށް ވަނީ 38 މީހަކު މަރުވެފައެވެ.
މުދާ އުފުލި ރޭލަކާއި، 350 ފަސެންޖަރުން ގިވައިގެން ދަތުރުކުރި ރޭލު މުޑި އެރުމުގެ ކުރިން އެއް ދަނގަޑެއްގައި އެތައް ކިލޯމީޓަރަކަށް ދުއްވި ކަމަށް އޮފިޝަލުން ބުނެފިއެވެ. އަދި އެކްސިޑެންޓް ވުމުގައި ހިއުމަން އެރާ (އިންސާނުންގެ ފަރުވާކުޑަކަމުން ހިނގާ ހާދިސާތައް) ހިމެނޭ ކަމަށާއި، ދެ ރޭލު ދެ ދަނގަޑަކުން ދަތުރު ކުރަމުން ގޮސް، ފަސެންޖަރުން ތިބި ރޭލު ލޭން (ދަގަނޑު) ބަދަލު ކުރީ ކަމަށެވެ.
އާންމުކޮށް ބޮޑެތި ރޭލްތައް އޮޕަރޭޓް ކުރާ ސްޓޭޝަންތަކުގައި ރޭލު ދުއްވާ މަގު އެނގޭނެ ޗާޓުތަކާއި، ލޭން ބަދަލުކުރާ ނަމަ އެކަން އަންގައިދޭ އިންޑިކޭޓާސް (ފާހަގަތައް) ވެސް ހުރެއެވެ. ރޭލަކުން ލޭން ބަދަލު ކުރަންވެސް އަދި ކުރާނަމަ އެކަން ކުރުމުގެ ކުރިން ކޮންޓްރޯލް ރޫމަށް ނުވަތަ ސްޓޭޝަނަށް އެކަން އެނގޭނެ ގޮތްވެސް ހުރެއެވެ. އެފަދަ އިންތިޒާމްތަކަކީ، ރޭލު އެކްސިޑެންޓްތަކުން ސަލާމަތް ވުމަށް ގާއިމު ކޮށްފައި ހުންނަ އިންތިޒާމްތަކެއް ނަމަވެސް ގްރީސްފައި ފަރުވާކުޑަވުވުމުގެ މައްސަލަތައް އިންތިހާއަށް ރެކޯޑް ކޮށްފައި ވެއެވެ.
އެގޮތުން 2018 އިން 2022 އާ ދެމެދު އެންމެ ފަރުވާކުޑަ ރެއިލްވޭގެ ގޮތުގައި ލިސްޓް ކޮށްފައި އޮތީވެސް ގްރީސްގެ ރެއިލްވޭއެވެ.
މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކޮލެޖް އުމުރުފުރާގެ ޒުވާނުން ގިނަ އިރު، 57 މީހަކު ޒަހަމްވެގެން ފަރުވާ ދީފައިވެސް ވެއެވެ. އޭގެ ތެރެއިން 4 މީހަކު އަދިވެސް އޮތީ އައިސީޔޫގައެވެ.
ހަބަރުތައް ބުނާ ގޮތުން، މި އެކްސިޑެންޓާ ގުޅިގެން ގްރީސްގެ ޓްރާންސްޕޯތް މިނިސްޓަރާއި އެއްރެއިލްވޭގެ ހެޑް މިހާރު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ފަސެންޖާ ރެއިލްގެ ސްޓޭޝަން މެނޭޖަރަކު ވަނީ ތަހުގީގަށް ބަންދުކޮށްފައެވެ.
ކިލޯމީޓަރެއް ހަމަނުވާ މީހަކަށް ހިނގާލަން ފޫޓެއްވެސް ނެތްތަނެއްގައި ސައިކަލެއްހެން ދުއްވަންޖެހޭ، ޤަވައިދެއް އުސޫލެއްނެތް، ގަދަ މީހާ ގަދަވާ މި މާލޭގައި ބޮޑެތި ބޮޑެތި ބަހުގެ ހިދުމަތްދެމުންދާ ކުދިންގެ ހިތްވަރު ފާހަގަކޮއްލަން މުނާސަބު ވަގުތެއް.. އިރާދަކުރެއްވިއްޔާ މަރުގެ ނުވަތަ ބޮޑެތި ނުކުޅެދުންތެރި ކަމަކަށް ދާވަރުގެ އަނިޔާއެއް އަޑެއްނީވޭ ބުންޏަސް ރަނގަޅުވާނެ ބަޔަކު ބަލައި ނުގަތަސް.. ު