އެޗްޑީސީއިން 878 މިލިއަނަށް ވުރެ ބޮޑު އަގެއްގައި ފިނޭންސްއަށް 17 ބިން ވިއްކާލައިފިއެވެ.

ސިވިލް ކޯޓު މެދުވެރިކޮށް މި ބިންތައް ވިއްކާލި ހުކުމުގައި ބުނެފައި ވަނީ އެ 17 ބިމުގައި ޖުމްލަ 552،429.91 އަކަފޫޓު އެބަ ހުރި ކަމަށާއި އެ ބިންތަކަށް ޖުމުލަ 878،363،556.90 ރުފިޔާ ފިނޭންސް މިނިސްޓްރީން ދައްކާފައިވާ ކަމަށެވެ.

އެޗްޑީސީ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ހިންގާފައި ވަނީ ސައްހަ މުއާމަލާތެއްގެ ކަމަށާއި އެ ބިންތަކުގެ މިލްކުވެރިކަން މިހާރު އޮންނާނީ ފިނޭންސް މިނިސްޓްރީއަށް ކަމަށް އެ ހުކުމުގައި ވަނީ ބުނެފައެވެ.

އެ ބިންތައް ފިނޭންސް މިނިސްޓްރީއިން ގަތީ ކޮން ބޭނުމަކު ކަމެއް ސާފެއް ނުވިނަމަވެސް އެ ބިންތައް ގަތީ ގޯތި ވިއްކުމަށް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.