ރޯދަ މަހަށް ހާއްސަކޮށްގެން "ދަ ޕްރެސް" އިން ކުރިއަށް ގެންދާ "ކުރު ވާހަކަ" މުބާރާތް މިއަހަރު ވެސް ހުޅުވާލައިފިއެވެ.

މިދިޔަ 3 އަހަރެކޭ އެއް ގޮތަށް މިއަހަރު ވެސް ރޯދަ މަހަށް ހާއްސަ ކޮށް ކުރުވާހަކަ މުބާރާތް ބާއްވަން ނިންމާފައިވާ އިރު، 3000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބަރާތުގައި ބައިވެރިވާކަށް ވަކި އުމުރުފުރައެއް ނެތެވެ. އަދި ބޭނުން ކޮންމެ މައުޟޫއަކަށް ވާހަކަ ލިޔެވޭނެއެވެ.

ފައިސާގެ އިނާމު ބެހިފައިވާ ގޮތް:

  1. ވަނަ އަށް 1500 ރުފިޔާ
  2. ވަނަ އަށް 1000 ރުފިޔާ
  3. ވަނަ އަށް 500 ރުފިޔާ

ވާހަކަ ލިޔާ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް:

  • ވާހަކައިގެ ދިގުމިން: އޭ4 ސައިޒުގެ 3 ސޮފްހާ
  • ވާހަކަ ލިޔަން ޖެހޭ ފޮންޓް: ފަރުމާ ފޮންޓު
  • ފޮންޓްގެ ސައިޒު 12
  • ލައިން ސްޕޭސިން: ސިންގަލް
  • ސްޕޭސިން: 0
  • ހުށަހަޅަން ޖެހޭ ފޯމެޓް: މައިކްރޮސޮފްޓް ވޯޑް ފައިލް

ހުށަހަޅާ ވާހަކަތައް ލިޔެ ނިންމުމަށް ފަހު ލަސްވެގެން އަންނަ މާޗް 15، 2022 ގެ ކުރިން "ދަ ޕްރެސް" އަށް ފޮނުވަން ވާނެއެވެ.

ވާހަކަތަކުގެ ސޮފްޓް (މައިކްރޯސޮފްޓް ވޯޑު ފައިލް) ފޮނުވާނީ:

  • ވާހަކަ ފޮނުވަން ވީ އީމެއިލް: އީމެއިލް (މި ލިންކަސް ފިތާލުމުން މެއިލް ފޮނުވަން ވީ ލިންކަށް ދެވޭނެއެވެ.)

ވާހަކަ ފޮނުވާ އިރު، ވާހަކަގައިގެ ނަމާއި، ލިޔުނު މީހާގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ލިޔުމުގެ އިތުރުން އައިޑީ ކާޑުގެ ކޮޕީއެއް ފޮނުވަން ވާނެއެވެ. މީގެ އިތުރުން ވާހަކައިގެ ކަވަރު ފޮޓޯއެއް އޮތް ނަމަ އެ ފޮޓޯއެއް ނުވަތަ ކަވަރު އޮންނަން ހުށަހަޅާ ގޮތް އީމެއިލްގައި ބަޔާން ކުރަން ވާނެއެވެ.

ރޯދަ މަހަށް ހާއްސަ ކޮށްގެން ހުޅުވާލި މި މުބަރާތަށް ހުށަހަޅާ ކުރު ވާހަކަތަކުގެ ތެރެއިން އެންމެ ރީތި 30 ވާހަކަ "ދަ ޕްރެސް" ގެ ވެބްސައިޓުގައި ޝާއިއު ކުރާނެއެވެ. އަދި އެ 30 ވާހަކައިގެ ތެރެއިން އެންމެ މޮޅު ތިން ވާހަކަ ހޮވާ އިނާމު ދޭނެއެވެ.

މިދިޔަ އަހަރުގެ ކުރުވާހަކަ މުބާރާތުގައި ބައިވެރި ކުރި ވާހަކަތަކުގެ ތެރެއިން އެންމެ މޮޅު ތިން ވާހަކަ ހޮވާ އެ ފަރާތްތަކަށް އިނާމު ދީފައިވާ އިރު، މިދިޔަ އަހަރު 3 ވަނަ ލިބިފައި ވަނީ، މަރިޔަމް އުލްޔާ ލިޔުނު "އުމުރަށް އެކުގައި" ވާހަކަ އަށެވެ. 2 ވަނަ ލިބިފައި ވަނީ އައިޝަތު ލިޔުޝާ ލިޔުނު "ތަފާތު ލޯތްބެއް" ވާހަކަ އަށެވެ. އަދި 1 ވަނަ ލިބިފައި ވަނީ އައިމިނަތު ޝީޒާ ލިޔުނު "އިމްތިހާން" ވާހަކަ އަށެވެ.