ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވެއްޖެއެވެ.

ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރިޒާ ފަރުވާ ހޯއްދަވަމުން ގެންދެވީ ގޮހޮރުގެ ކެންސަރަށެވެ.

ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިހާބު ވެ ވަޑައިގެންނެވި ރިޒާ ވަނީ އެ ޕާޓީ އަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައެވެ.

މީގެ އިތުރުން ރިޒާ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުޑިޝަލް ސާވިސް ކޮމިޝަންގައި ރައްޔިތުންގެ މަޖިލީހުން ހޮވި މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ.