ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ މަޝްރޫއުުތަކާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް "ގެދޮރުވެރިންގެ ކޮމިޓީ" އެކުލަވާލައިފިއެވެ.
ޕްލޭނިން މިނިސްޓްރީން އެކުލަވާލި މި ކޮމިޓީއަކީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އުފައްދާފައިވާ ކޮމިޓީއެކެވެ.
ގެދޮރުވެރި ކޮމިޓީއަށް ފަސް މެމްބަރުން އައްޔަންކޮށްފައި ވާއިރު މި ކޮމިޓީގައި ހިމެނެނީ؛
- އަނަސް އަބްދުއްސައްތާރު (މ.ބަޑިކުޅިމާގެ)
- އަކްރަމް ކަމާލުއްދީން (މ.އެވަރެސްޓް)
- މުހައްމަދު އާރިފް (ނެދުންގެ، ހއ.އިހަވަންދޫ)
- އައިޝަތު ރަޝީދާ (ހ.ރެޖީނާ ހައުސް)
- މަރިޔަމް ނާޒިމާ (މއ.އެރިޒޯނާ)
މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައި ވާއިރު މި ކޮމިޓީ އެކުލަވާލުމުގައި މާލެ ސިޓީ ކައުންސިލްގެ އެއްވެސް ހިއްސާއެއް ނެތްކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒު ވެފައެވެ.
މި ގޮތުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝޫޖާއު ވިދާޅުވީ ސަރުކާރުން މާލެ ސިޓީއިން ގޯތި ދޫކުރުމަށް އުފައްދާފައިވާ ކޮމިޓީގައި މާލެ ސިޓީ ކައުންސިލްގެ ދައުރެއް ނެތުމަކީ ކައުންސިލަށް ގާނޫނީ ގޮތުން ލިބޭ ބާރު ކަނޑުވަލައި ގާނޫނީ ގޮތުން އޮޅުވާލުން ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާގެ (ޑ) ގައި ވާ ގޮތުން ސިޓީ ކައުންސިލްގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާކޮށް ޕްލޭން އެކުލަވާލުމަކީ ކައުންސިލްގެ ޒިންމާއެކެވެ. އަދި މި ގާނޫނުގެ 42 ވަނަ މާއްދާގެ (ފ) ގައި ވާ ގޮތުން ލޭންޑް ޔޫސް ޕްލޭނާ ތައާރަޒްނުވާ ގޮތަށް ބިމާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތަށް ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމަކީ ކައުންސިލްގެ ޒިންމާއެކެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން ކޮމިޓީއެއް އެކުލަވާލުމަކީ ލާމަރުކަޒީ ގާނޫނާ ފުށޫ އަރާކަމެއް ނޫނެވެ.
ކޮން ޤާނޫނަކުންތޯ އެކަން ލާޒިމްކުރަނީ.. ހުޅުމާލޭގެ މުޅި ބިމަކީ އެޗްޑީސީގެ މިލްކެއް.. ގުޅީފަޅަކީ ސިޓީކައުންސިލުގެ އިޙްތިސާސްގެ ތެރޭގަ ހިމެނޭ ސަރަހަށްދެއް ނޫން.. އެހެންވީމމަތާ ޔާމީނު ވެރިކަމުގަ ވެސް ސިޓީކައުންސިލް ބައިވެރި ނުކުރީ..
ތިކޮމެޓީގަ ތިބިމީހުންގެ އާއިލާތަކައް ބިންދީފަދެން އާންމުރައްޔިތަކަށް ނުލިބޭނެ ބިމެއް ވަރައްސާފު